ENGLISH

18 ސެޕްޓެމްބަރު 2025

Advertisement

ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ފޮޓޯ ޢާންމުކޮށްފި

06 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ހައްޔަރުކުރި ތިން މީހުން

ގޭންގުތަކުން ހިންގާ ކުށްތަައް ހުއްޓުވައި، އިންތިޒާމުވެގެން ކުށްކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ފަރުމާކޮށްފައިވާ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންގެ ދަށުން ހައްޔަރުކުރި މީހުންގެ ވަނަވަރު ޢާންމުކޮށްފި އެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު އަމަލުކުރަން ފެށި ގާނޫނުގެ ދަށުން ތިން މީހަކު ހައްޔަރުކުރީ ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައެވެ.

އެ މީހުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ބަންދަށް މުއްދަތު ޖަހާފަ އެވެ. ހައްޔަރުކުރި ތިން މީހުންނަކީ ލ. މާބައިދޫ ބަށިމާގެ އުމުރުން 22 އަހަރުގެ މުޙައްމަދު ޝިދާދު އާއި މއ. މޯނިންވިއު އުމުރުން 22 އަހަރުގެ އިބްރާހިމް ޒައިދާން އަދި މއ. މޯނިންވިއު އުމުރުން 30 އަހަރުގެ އަޙްމަދު ނަވާޒް އެވެ.

ފުލުހުން ރޭ ބުނީ މާލެ ތެރޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމް ވެގެން ނުރައްކާތެރި ކުށްކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު އަދި އާލާތްތައް އެފަރާތްތަކުން ސޭފްހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަނަށް ޖަމާކޮށް ނުރައްކާތެރި ކުށްތައް ކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެންވޭރުގައި ހުންނަ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް އެ ގެއިން ތޫނު ހަތިޔާރު ފެނިފައިވާ ކަމަަށެވެ.

މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ރޭ ޢާންމުކޮށް މިއަދު ވަނީ އެ މީހުންގެ ފޮޓޯ ޢާންމުކޮށްފަ އެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އަޙްމަދު ނަވާޒު 30 ދުވަހަށް، އިބްރާހީމް ޒައިދާން އާއި މުޙައްމަދު ޝިދާދު 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. މި އަމުރު ކޯޓުން ކޮށްފައިވަނީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.

ފުލުހުން ބުނީ މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު