ENGLISH

04 ނޮވެމްބަރު 2025

Advertisement

މާދަން ރޭ ހަނދުކޭތަ ހިފާނެ؛ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރާނެ

06 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

މާދަމާ ރޭ ހަނދު ކޭތަ ހިފާނެ ކަމުގައި ލަފާކުރެވޭ

މާދަން ރޭ ހަނދުކޭތަައެއް ހިފާނެ ކަމުގައި ބެލެވުމާއެކު، ރާއްޖޭގެ ހުރިހާ ރަށެއްގައި މާދަން ރޭ ކޭތަ ނަމާދުކުރަން ހަމަޖައްސައިފިއެވެ. 

އިސްލާމިކް މިނިސްޓްރީން ހުރިހާ ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށުގެ ކައުންސިލުތަކަށް މިއަދު ފޮނުވި ސަރކިއުލާއެއްގައި ބުނެފަައިވާ ގޮތުން މާދަން ރޭ ހަނދުކޭތައެއް ހިފާނެއެވެ. އަދި ހަނދުކޭތަ ހިފާނެ ކަމުގައި ބެލެވެނީ ރޭގަނޑު 8:28 އިން ފެށިގެންނެވެ. 

މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވާ ގޮތުން ހަނދުކޭތަ އޮއްސޭނީ މާދަން ރޭ މެންދަމުން އަލިވެ 01:55 ހާއިރުއެވެ. އަދި އެންމެ ބޮޑަށް ކޭތަ ހިފާފައި ހުންނާނީ ރޭގަނޑު 11:11 ގައި ކަމަށްވެސް މިނިސްޓްެރީން ބުނެފައިވެއެވެ. 

މިނިސްޓްރީންވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އެންމެ ބޮޑެތި މިސްކިތްތަކުގައި މާދަން ރޭ ކޭތަ ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަަށް ކައުންސިލުތަކުގައި އެދިފައެވެ. ކޭތަ ނަމާދުކުރާނެ ވަގުތެއް ކަމުގައި މިނިސްޓްރީން ކަނޑައަޅާފައިވަނީ ރޭގަނޑު 11:12 އެވެ. 

މިނިސްޓްރީން ބުނެފައިވަނީ މާދަމާ އެ މިނިސްޓްރީގެ ވެބްސައިޓުގައި ކޭތަ ނަމާދުގެ ހުތުބާ ޝާާއިއުކޮށް އާއްމުކުރާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު