ENGLISH

04 ނޮވެމްބަރު 2025

Advertisement

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ޖަމާކުރި ފައިސާ %46 އިތުރުވެއްޖެ

06 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

މަރުކަޒީ ބޭންކު އެމްއެމްއޭ

މި އަހަރުގެ މިހާތަނަށް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ސަަރުކާރުން ޖަމާކުރި ފައިސާގެ އަދަދު 46 އިންސައްތަ އިތރުުވެފައިވާކަން މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ. 

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަކީ ރާއްޖެއިން ނަގާ ދަރަނި އަދާކުރުމަށްޓަކައި ފައިސާ ރައްކާކުރުމަށް 2017 ވަނަ އަހަރު ގާއިމުކުރި ފަންޑެކެވެ. އެ ފަންޑަށް ފައިސާ ޖަމާކުރަނީ އެއާޕޯޓުން ފުރާ މީހުންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމެންޓޫ ފީންނެވެ. 

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަކީ ރާއްޖެއިން ނަގާފައިވާ ބޭރު ފައިސާ ލޯނުތައް އަދާކުރުމަށް ބޭނުންވާ ފައިސާ ޖަމާކުރުމަށް ގާއިމުކުރި ފަންޑެއް ނަމަވެސް އެ ފަންޑުގައި ހުރި ފައިސާގެ ބޮޑު ބައެއް ކުރީ ސަރުކާރުގައި ދިވެހި ރުފިޔާއަށް ބަދަލުކުރިއެވެ. 

އެގޮތުން އެސްޑީއެފްގައި ހުރި ޑޮލަރު ދިވެހި ރުފިޔާއަށް ބަދަލުކުރުމާ ގުޅޭ އެއްބަސްވުމެއް 2019 ވަނަ އަހަރު ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭގެ މެދުގައި ގާއިމުކުރެވުނެވެ. އެއީ ކޮވިޑް-19 އައުމުގެ ކުރިންނެވެ. އެއަށްފަހު 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ފަންޑުގެ އެކައުންޓުތަކުގެ ތެރެއިން ޑޮލަރުން ފައިސާ ރައްކާކޮށްފައި ހުރި އެކައުންޓުތައް ހުސްވިއެވެ. 

އެގޮތުން 2018 ވަނަ އަހަރު ފަންޑުގެ 94 އިންސައްތަ ހުރީ ޑޮލަރުން ނަމަވެސް 2019 ވަނަ އަހަރު އެ އަދަދު %30 އަށް އަދި 2020 ގައި %21 އަށް އަދި 2021 ގައި 15 އިންސައްތައަށް ވެއްޓުނުކަން އޮޑިޓު ރިޕޯޓުން ހާމަވެއެވެ. އަދި 2023 ވަނަ އަހަރު ނިމުނުއިރު ފަންޑުގެ ފައިސާއިން ޑޮލަރުން ހުރީ އެންމެ %35 އެވެ. \

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ފަންޑަށް ފައިސާ ޖަމާކުރަމުން އަންނަނީ ޑޮލަރުންނެވެ. އެގޮތުން އަހަރުން އަހަރަށް އެ ފަންޑަށް ފައިސާ ޖަމާކުރާ މިންވަރު ސަރުކާރުން އަންނަނީ އިތުރުކުރަމުންނެވެ. 

އެގޮތުން މި އަހަރުގެ ޖަނަވަރީން ފެށިގެން އޯގަސްޓު 28 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފްއަށް 1.3 ބިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި އެސްޑީއެފްއަށް ޖަމާކޮށްފައިވަނީ 916.3 މިލިއަން ޑޮލަރެވެ. އެހެންކަމުން މި އަހަރު އެ ފަންޑަށް ފައިސާ ޖަމާކުރި މިންވަރު 46.7 އިންސައްތައިން އިތުރުވެފައިވެއެވެ. 

އެސްޑީއެފްގައި ބޭރު ފައިސާ ރައްކާކޮށްފައި ހުރި މިންވަރު އިތުރުވުމަކީ ރާއްޖޭގެ ކްރެޑިޓް ރޭޓިން އިތުރަށް ދަށްނުކުރުމަށް ފިޗްއާއި މޫޑީސްއިން ނިންމި އެއް ސަބަބެވެ. އެ ފަންޑަށް ފައިސާ ޖަމާކުރާ މިންވަރު އިތުރުވާނަމަ ރާއްޖޭގެ ބޭރުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުވާނެކަން އެ ދެ އެޖެންސީން ފާހަގަކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު