ENGLISH
06 ސެޕްޓެމްބަރު 2025
އިންސާފުވެރި ހެޔޮ ނިންމެވުމެއް: ބްލޮކް ގްރާންޓް ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލާ ގޮތަށް ހަމަޖައްސަނީ
05 ސެޕްޓެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ
ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ އުސޫލަށް ބަދަލު ގެންނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
އެ ނިންމެވުން އެމަނިކުފާނު މިރޭ ވަނީ އިޢުލާނު ކުރައްވާފަ އެވެ. އެ ބަދަލު ގެންނަވާ ސަބަބުވެސް ސާފުކޮށް ދެއްވި އެވެ.
ރައީސް ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯރމިއުލާ ގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދު ކަމަށެވެ. ނަމަވެސް، އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދު ނޫންކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އެހެން ކަމުން، ބްލޮކް ގްރާންޓުގެ ފިސްކަލް ފޯރމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުން ވާތީ ފިސްކަލް ފޯރމިއުލާ މުރާޖާކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބްލޮކް ގްރާންޓް ދިނުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާ އެކު ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް ބޮޑުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ބްލޮޮކް ގްރާންޓްގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ކައުންސިލްތަކަށް އިލްތިމާސް ކުރައްވާފަ އެވެ.
އަދި ރައްޔިތުންގެ ފައިސާ އެންމެ ހެޔޮގޮތުގައި ނޫނީ ބޭނުން ކުރުމަށް އިލްތިމާސް ކުރެއްވެވި އެވެ.