ENGLISH

06 ސެޕްޓެމްބަރު 2025

Advertisement

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި ރައީސްގެ މުހިންމު ދެ ނިންމެވުމެއް

05 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސް ރަށަކަށް ވަޑައިގެން ބަޔަކާ ސަލާމް ކުރައްވަނީ

‏އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި، މުހިންމު ދެ ނިންމެވުމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާ މިރޭ އެ ނިންމެވުންތައް އިޢުލާނު ކުރައްވައިފި އެވެ.

އެމަނިކުފާނު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ދެ ނިންމެވުން ތަފްސީލް ކޮށް ދެއްވާފަ އެވެ.

ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި، 2026 ވަނަ އަހަރަށް ބަޖެޓު ހުށަހެޅުމުގެ ކުރިން، ދެ ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ.

‏އެެއް ބަދަލަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި، ކައުންސިލްގެ ބަޖެޓުން ދެމުން ގެންދާ 5% (ފަސް އިންސައްތަ) ދެގުނަ ބޮޑުކޮށް، %10 (ދިހަ އިންސައްތަ) އަށް ބަދަލުކުރެއްވުމެވެ.

‏ދެވަނަ ބަދަލަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސެވުމެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އިތުރު ބާރުތައްދީ ޙައްޤުތައް ކަށަވަރު ކުރުމަށް މުހިންމު ނިންމެވުމުންތަކެއް ސަރުކާރުން ވަނީ ކުރީން ވެސް ނިންމަވާފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު