ENGLISH
05 ސެޕްޓެމްބަރު 2025
ގެއްލުނު ޒުވާނާގެ ޚަބަރެއް ވެއްޖެ، ހުރީ ރަށެއްގައި
05 ސެޕްޓެމްބަރު 2025
|
ޝަހުމުﷲ ސާޖިދު
ގެއްލިގެން ހޯދަމުންދިޔަ މީހާގެ ޚަބަރެއް ވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ވަނީ އެ މީހާގެ ފޮޓޯއާ ވަނަވަރު ޢާންމުކޮށް އެ މީހާ ހޯދަމުންދާކަން ޢިއުލާނު ކޮށްފަ އެވެ.
އެއީ ކެންދޫ، މަންޒިލް ޝަހުމުﷲ ސާޖިދު (33އ) އެވެ. އޭނާ ހޯދަން ފެށީ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އެވެ.
އެކަން އިއުލާނުކޮށް ފުލުހުން މިއަދު ބުނީ ޝަހުމުﷲ ސާޖިދު މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
ނަމަވެސް މިރޭ ފުލުހުން ބުނީ ޝަހުމުﷲ ސާޖިދު ރަށެއްގައި ހުރި ކަމަށް ފުލުހުންނަށް ގުޅައި މައުލޫމާތު ދީފައިވާ ކަމަށެވެ. އޭނާގެ ހާލު ރަނގުޅު ކަމަށް ވެސް ބުންޏެވެ.