ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

ކެންދޫއަށް ނިސްބަތްވާ މީހަކު މާލޭން ގެއްލިގެން ހޯދަނީ

05 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ގެއްލިގެން ހޯދަމުންދާ ޒުވާނާ

ބ. ކެންދޫއަށް ނިސްބަތްވާ މީހަކު މާލޭން ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ވަނީ އެ މީހާގެ ފޮޓޯއާ ވަނަވަރު ޢާންމުކޮށް އެ މީހާ ހޯދަމުންދާކަން ޢިއުލާނު ކޮށްފަ އެވެ.

ފުލުހުން ބުނީ ‏ކެންދޫ، މަންޒިލް ޝަހުމުﷲ ސާޖިދު (33އ)، އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ގެންދަނީ ކުރަމުން ކަމަށެވެ.

‏ޝަހުމުﷲ ސާޖިދު މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ވެސް ބުންޏެވެ.

‏ފުލުހުން ވަނީ ޝަހުމުﷲއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅާ ހިއްސާކުރުމަށް އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު