ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

ރިސޯޓެއްގައި ނިޔާވި ޒުވާނާގެ އޮޓޮޕްސީ ހެދުމަށް ފަހު ވަޅުލައިފި

05 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

އަދީލް

ރިސޯޓެއްގައި ނިޔާވި ޒުވާނާގެ އޮޓޮޕްސީ ހެދުމަށް ފަހު ރާއްޖެ ގެނެސް ރޭ ފަތިހު ވަޅުލައިފި އެވެ.

ރިސޯޓެއްގައި ޒުވާނަކު މަރުވި މައްސަލާގައި ތަޙުޤީޤެއް ހިންގަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.

ފުލުހުން އެ ދުވަހު ބުނީ ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި 21 އަހަރުގެ ދިވެހި ފިިރިހެނަކު ނިޔާވެފައިވާ މައްސަލަ މި މަހުގެ 23 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލާ މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށް ތަޙުޤީޤު ޓީމުން ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޒުވާނާގެ ހަށިގަނޑު ބޭރަށް ފޮނުވާ އޮޓޮޕްސީ ހެދުމަށް ފަހު ގެނެސް އާއިލާއާ ހަވާލުކޮޮށްފައިވާ ކަމަށެވެ. ޒުވާނާގެ ޖަނާޒާ ރޭ ފަތިސް ނަމާދަށް ފަހު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ރިސޯޓެއްގައިޮ ނިޔާވީ ކ. ގުރައިދޫ ތަނޑިރަތްމާގެ، އަދީލް އަހްމަދު އެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު