ENGLISH
05 ސެޕްޓެމްބަރު 2025
ޕިކަޕެއްގެ ފުރޮޅު ފަޅައިގެންގޮސް ޑިވައިޑާގައި ޖެހި ފުރޮޅާލައިފި
05 ސެޕްޓެމްބަރު 2025
|
ޕިކަޕް ފުރޮޅާލާފައި
ޕިކަޕެއްގެ ފުރޮޅު ފަޅައިގެންގޮސް ޑިވައިޑާގައި ޖެހި ފުރޮޅާލައިފި އެވެ.
ދިވެހި ފުލުހުން ޚިދުމަތުން ބުނީ ހައިވޭގައި ދަތުރުކުރި ޕިކަޕެެއްގެ ފޮރުޅުފަޅައިގެން ގޮސް ޑިވައިޑާގައި ޖެހި ޕިކަޕް ފުރާޅާލާފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގެ މައްސަލަ މިއަދު މެންދުރު 12:40 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަަށާ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.
ނަމަވެސް ފުރޮޅާލި ޕިކަޕަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ މި އެކްސިޑެންޓްގައި ޕިކަލް ކާރެއްގައި ވެސް ޖެހުނު ކަމަށެވެ. ކާރަށް ބޮޑު ގެއްލުމެއް ނުވެ އެވެ.
ފުލުހުން އިތުރަށް ބުނީ ޕިިކަޕް ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވާފައިވާތީ ފިޔަވަޅު އަޅާފައިވާ ކަމަށާ އެކްސިޑެންޓްގެ މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށެވެ.