ENGLISH

04 ނޮވެމްބަރު 2025

Advertisement

އަތޮޅުތަކަށް ދަތުރުކުރާ ފެރީތަކަށް ހެންވޭރުގައި ހުންނަ އެމްޓީސީސީގެ ފެރީ ޓާމިނަލް މިހާރު ބޭނުންކުރެވޭނެ

05 ސެޕްޓެމްބަރު 2025

|

ޝާމަ ޝުޢައިބު

އަތޮޅުތަކަށް ދަތުރުކުރާ ފެރީތަކަށް ހެންވޭރުގައި ހުންނަ އެމްޓީސީސީގެ ފެރީ ޓާމިނަލް މިހާރު ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތް ކުރުމަށް، ފެރީތަކުން ބޭނުންކުރާ އެމްއެމްއޭ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ފެރީތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. 

އެ ކުންފުނިން ބުނީ ފުރުމުގެ 10 މިނެޓު ކުރިން އެ ޓާމިނަލަށް ގާތްކޮށް ފުރުމުގެ އިންތިޒާމު ކުރިއަށްގެންދެވޭނެ ކަމަށެވެ. 

މާލޭގެ ބޮޑުތަކުރުފާނުގެ މަގުގެ އުތުރު ފަރާތް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށީ ނިމުނު އޮގަސްޓު މަހުގައެވެ. އެއާއެކު މަގުން ބަޔަކާއި ފަޅުން ބައެއް ވަނީ ބަންދުކޮށްފައެވެ.

އެމްޕީއެލް އިން ބުނީ އުތުރު ފަރާތުގެ ތޮށިގަނޑު މަރާމާތުގެ މަސައްކަތް ނިމެންދެން 20 އޮގަސްޓް 2025 ވަނަ ދުވަހުން ފެށިގެން 19 ނޮވެމްބަރ 2025 ވަނަ ދުވަހުގެ ނިޔަލަށް 3 މަސްދުވަހުގެ މުއްދަތައް އެމްޕީއެލްގެ ނޯތު ހާބަރުންނާއި ސައުތުވެސްޓް ހާބަރު (ޓީ ޖެޓީ) އިން އެ ޚިދުމަތް ލިބޭނެ ކަމަށެވެ.

މި ތިން މަސް ދުވަސް ހަމަވެ މަރާމާތުގެ މަސައްކަތް ނިމުމުން މި ދެ ހާބަރުން ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް މި ދެ ހާބަރު ހިންގުމުގެ އުސޫލުގައިވާ ގޮތަށް ޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު