ENGLISH
04 ނޮވެމްބަރު 2025
ފެނިގެއްލިދާގޭގައި ރޯވުން: ރޯވީ ޓެރަސްމަތީ ހުރި ކުނިތަކެއްގައި
05 ސެޕްޓެމްބަރު 2025
|
ރޯވި އަލިފާންގަނޑު ނިއްވާލުން
ހ.ފެނިގެއްލިދާގޭގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ހަދަމުންދާ އެ ގޭގައި މިއަދު އެ ހާދިސާ ހިނގީ ޓެރަސްމަތީ ހުރި ކުނިތަކެއްގައި ރޯވެގެންނެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 08:19 ހާއިރު ކަމަށާ ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލައިފައި ކަމަށް ބުންޏެވެ.
އަދި ބުނީ ފަޔަރފައިޓަރުން ކުރި މަސައްކަތުން އެ ގޭގެ ޓެރަސްމަތީ ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު 08:36 ހާއިރު ކަމަށާ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.