ENGLISH
04 ނޮވެމްބަރު 2025
އަސާސީ މުދަލުގެ އަގު؛ މޭވާގެ އަގު އުފުލުނުއިރު ތަރުކާރީއާއި އެއްގަމު މަހުގެ އަގު ދަށަށް
04 ސެޕްޓެމްބަރު 2025
|
ބާޒާރުގައި ތަރުކާރީއާއި މޭވާ، ފޮޓޯ: ދައުރު
އަސާސީ ކާބޯތަކެތީގެ އަގުތައް ވަޒަންކުރުމަށް ބޭނުންކުރާ އެސެންޝަލް ކޮމޮޑިޓީސް ޕްރައިސް އިންޑެކްސްއިން ތަރުކާރީއާއި އެއްގަމު މަހުގެ އަގު ދަށްވެފައިވާކަން ދައްކައިފިއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (ތަފާސްހިސާބާބެހޭ ގައުމީ އިދާރާ)އިން އާއްމުކޮށްފައިވާ އިންޑެކްސްއަށް ބަލާއިރު، ޖުމްލަ ގޮތެއްގައި އަސާސީ ކާބޯތަކެތީގެ އަގު ފާއިތުވި އޯގަސްޓު މަހުގައި ނިމުނު އަހަރުގެ އޯގަސްޓާ އަޅާބަލާއިރު 1.92 އިންސައްތަ މަތިވިއެވެ. އަދި ޖުލައި މަހަށްވުރެ 1.19 އިންސައްތަ މަތިވިއެވެ.
ކާބޯތަކެތީގެ އަގު ޖުލައި މަހަށްވުރެ 1.62 އިންސައްތަ މަތިވިއެވެ. ނަމަވެސް ގޭހާއި ތެލުގެ އަގަށް އޯގަސްޓު މަހު ބަދަލެއް ނާދެއެވެ. ބުއިންތަކުގެ އަގަށް ބަލާއިރު ޖުލައި މަހަށްވުރެ އޯގަސްޓު މަހު ބުއިންތަކުގެ އަގު 0.23 އިންސައްތަ މަތިވިއެވެ.
ކާބޯތަކެތީގެ އަގަށް ބަލާއިރު މޭވާގެ އަގު ނިމުނު އަހަރަށްވުރެ މަތިވި ނަމވެސް އެއްގަމު މަހުގެ 0.78 އިންސައްތަ ދަށަށް ގޮސްފައިވާކަން އެނގެއެވެ. އަދި މޭވާގެ އަގު 10.20 އިންސައްތަ މަތިވިއިރު، މޭވާގެ އަގު 6.23 އިންސައްތަ ދަށްވިކަން ތަފާސްހިސާބުތަކުން ދައްކައެވެ.
އޯގަސްޓު މަހަށްވުރެ ބުއިންތަކުގެ އަގު ދަށްވިއިރު ކޮފީގެ އަގު 0.59 އިންސައްތަ ޖުލައި މަހަށްވުރެ އޯގަސްޓު މަހު ދަށްވިއެވެ. އަދި ސައާއި ގަސްގަހާގެހިން އުފައްދާ އެހެނިހެން ބުއިންތަކުގެ އަގުވެސް ޖުލައި މަހަށްވުރެ އޯގަސްޓު މަހު 0.40 އިންސައްތަ ދަށްވިއެވެ.
މަހުން މަހަށް ބަލާއިރު ގޭހާއި އެހެނިހެން ތެލުގެ އަގު މަތިނުވި ނަމަވެސް އަހަރުން އަހަރަށް ބަލާއިރު ނިމުނު އަހަރުގެ އޯގަސްޓު މަހަށްވުރެ މި އަހަރުގެ އޯގަސްޓު މަހު ހަކަތައިގެ އަގު 1.46 އިންސައްތަ ދަށްވިއެވެ.
އަސާސީ މުދަލުގެ ގޮތުގައި ކަނޑައަޅާފައިވާ މުދަލުގެ އަގު ބެލެހެއްޓުމުގެ މަސައްކަތް ތަފާސް ހިސާބާ ބެހޭ ގައުމީ އިދާރާއިން ފެށީ މި އަހަރުއެވެ. މިއާއެކު ކޮންމެ މަހަކުވެސް އަސާސީ މުދަލުގެ އަގަށް އަންނަ ބަދަލުތައް ދެނެގަނެ، މުދަލުގެ އަގު ބޮޑުވިޔަނުދިނުމަށް ފިޔަވަޅުތައް އެޅުމަށް ފަސޭހަވެއެވެ.
މި ސަރުކާރުން އަންނަނީ މުދަލުގެ އަގު ބޮޑުވިޔަނުދިނުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އެސްޓޯއީ މެދުވެރިކޮަށް ބާޒާރަށް އަސާސީ މުދާ ނެރޭ މިންވަރު އިތުރުކުރުމާއި، އެމްޕީއެލް މެދުވެރިކޮށް ބާޒާރަށް ނެރެންޖެހޭ އަވަހަށް ކްލިއާކުރުން ފަދަ ކަންކަން ސަރުކާރުން އަންނަނީ ތަންފީޒުކުރަމުންނެވެ.