ENGLISH
06 ސެޕްޓެމްބަރު 2025
ސިވިލް މުވައްޒަފުން ރިޓަޔާކުރާއިރު ސަރުކާރު ކުންފުނިތަކުގައި ވަޒީފާ އަދާކުރި މުއްދަތު ގުނަން ނިންމައިފި
04 ސެޕްޓެމްބަރު 2025
|
ސިވިލް ސާވިސް މުވައްޒަފުންތަކެއް
ސިވިލް ސާވިސް މުވައްޒަފުން ރިޓަޔާކުރާއިރު ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކުރިނަމަ އެ ކުންފުނީގައި ވަޒީފާ އަދާކުރި މުއްދަތަށް ރިއާޔަތްކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.
އެ ކޮމިޝަނުގެ ނިންމުމާ ގުޅިގެން ބުދަދުވަހު އާއްމުކުރި ސާކިއުލާއެއްގައި ބަޔާންކޮށްފައިވަނީ ސިވިސް ސާވިސް މުވައްޒަފުން ވަޒީފާއިން ރިޓަޔާކޮށް މުސްކުޅިކުރާއިރު ހިދުމަތުގއި ހޭދަކުރި މުއްދަތު ގުނާ ގޮތަށް ބަދަލުތަކެއް އެ ކޮމިޝަނުން ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ވަޒީފާއިން މުސްކުޅިކުރާއިރު ދައުލަތަށް ހިދުމަތްކުރި މުއްދަތު ގުނުމުގައި އެ މުވައްޒަފަކު ސިވިލް ސާވިސްއިން ބޭރުގައި ދައުލަތުގެ ވަޒީފާއެއްގައި ހުރި މުއްދަތު ހިމަނައިގެން ހިދުމަތުގެ މުއްދަތު ގުނުމަށް ނިންމާފައިވާ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.
އަދި ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ސަރުކާރުގެ މައި ހިއްސާ އޮންނަ ދައުލަތުގެ ކުންފުނިތައްވެސް ހިމެނޭނެކަމަށް ސާކިއުލާގައި ބަޔާންކުރެއެވެ. މިގޮތަށް ނިންމުމުން އެޗްޑީސީ، އެމްޓީސީސީ، އާރްޑީސީ، އެސްޓީއޯ ފަދަ ކުންފުނިތަކުގައި ވަޒީފާ އަދާކުރުމަށްފަހު ސިވިލް ސާވިސްގެ ހިދުމަތާ ގުޅުނު މުވައްޒަފުން ހިދުމަތްކުރި މުއްދަތު ބަލާއިރު އެ ތަންތަނުގެ ވަޒީފާގައި ހޭދަކުރި ދުވަސްތައް ހިދުމަތުގެ މުއްދަތުގެ ތެރޭގައި ހިމެނިގެންދާނެއެވެ.
މި ބަދަލާ ގުޅިގެން މިހާރު ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން، ކުރިން ދައުލަތުގެ އިދާރާއެއްގައި ނުވަތަ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ މުވައްޒަފުން އެތަނެއްގައި މަސައްކަތްކުރި މުއްދަތާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް އެދިފައިވެއެވެ. އަދި މުވައްޒަފު މަސައްކަތްކުރާ އިދާރާއެއް މެދުވެރިކޮށް ސިވިލް ސާވިސް ކޮމިޝަނުގެ ސީއެސްވިއުގައިގެ "އެކްސްޕީރިއެންސް" ނުވަތަ ތަޖުރިބާގެ ބައިގައި ކުރިން މިފަދަ ތަނެއްގައި މަސައްކަތްކުރިނަމަ އެ މައުލޫމާތު އަދާހަމަކުރުމަށް ކޮމިޝަނުން އެދިފައިވެއެވެ.
ކޮމިޝަނާއި ކޮމިޝަނުގެ ދަށުން ހިނގާ އިދާރާތަކާ ގުޅޭ މައްސަލަަތައް ހުށަހެޅުން ފަސޭހަކުރުމަށް ކޮމިޝަނުގެ މައިއެކައުންޓު މެދުވެރިކޮށް މިހާރު ކޮންމެ މީހަކަށްވެސް ބޭނުން ޝަކުވާއެއް ހުށަހެޅުމުގެ ފުރުސަތު ސީއެސްސީން މިހާރުވަނީ ހުޅުވާލާފައެވެ.
މި އެކައުންޓަކީ އީފާސް މެދުވެރިކޮށް ވަދެވޭ އެކައުންޓެކެވެ. އެ އެކައުންޓު މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށްފަހު، އެ ޝަކުވާއާ ގުޅޭ ކަންކަން ކުރިއަށްދާ ގޮތްެވެސް އެ އެކައުންޓުންް ވަގުތުން ބަލައިލެވޭނެއެވެ.