ENGLISH

06 ސެޕްޓެމްބަރު 2025

Advertisement

ފެކްޓް ޗެކް؛ ދިގުރަށު މިސްކިތާ ގުޅޭ ގޮތުން ރާއްޖެ ޓީވީން ފަތުރަނީ ދޮގެއް

04 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ސަރުކާރުގެ އަގުވައްޓައިލުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ ޓީވީ ޗެނަލް ރާއްޖެ ޓީވީން އދ.ދިގުރަށުގައި އަޅަމުންދާ މިސްކިތާ ގުޅުވައިގެން، މިސްކިތް ބިނާކުރުމުގެ މަސައްކަތުގެ ދުވެއްޔާ ގުޅޭ ގޮތުން ފަތުރާފައިވާ ވާހަކަތަަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަން ހާމަވެއްޖެއެވެ. 

އެ ޓީވީން ގެނެސްދިން ހަބަރެއްގައި ކުރީ ސަރުކާރުން ފެށި މިސްކިތުގެ މަސައްކަތް މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ހުއްޓިފައިވާކަމަށް ބުނެފައިވެއެވެ. "ސަރުކާރު ބަދަލުވި ގޮތަށް ދިގުރަށުގައި ތަރައްގީކުރަން ފެށި މިސްކިތުގެ މަސައްކަތް ހުއްޓިފައި"، މި ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރުގައި ސަރުކާރުގެ ބަހެއް ހިމަނާފައިނުވެއެވެ. އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި އޭނާގެ ބަހެއް ހޯދަން އެ ޓީވީން މަސައްކަތެއްވެސް ނުކުރެއެވެ. 

މިނިސްޓަރު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ސަރުކާރު ބަދަލުވިއިރު މިސްކިތުގެ މަސައްކަތް ގޮސްފައި އޮތް ހިސާބާއި، މިހާރު މިސްކުތުގެ މަސައްކަތް ކުރެވިފައި މިންވަރުގެ ތަފުސީލުތައް ހިއްސާކުރެއްވިއެވެ. އެގޮތުން މިނިސްޓަރުވަނީ އެއިރު މިސްކިތުގެ މަސައްކަތް ގޮސްފައި އޮތް މިންވަރު ފެންނަ ފޮޓޯތަކެއް މީސްމީޑިޔާގައި ހިއްސާކުރައްވާފައެވެ. 

އެ ފޮޓޯތަކުން ފެންނަ ގޮތުގައި މިސްކިތުގެ ވަށާފާރުގެ މަސައްކަތް މި ސަރުކާރު ބަދަލުވިއިރު ކުރެވިފައި އޮތީ ވަރަށް ކުޑަކޮށެވެ. އަދި މިސްކިތުގެ އޮނިގަނޑުގެ މަސައްކަތުގެ ތެރެއިން ބައެއް މަސައްކަަތްތައްވެސް ސަރުކާރު ބަދަލުވިއިރު އޮތީ ނުކުރެވިއެވެ. 

ރާއްޖެ ޓީވީން ގެނެސްދިން ވީޑިޔޯއިންވެސް ފެންނަ ގޮތުގައި މިހާރު އެ މަސައްކަތްތައް ހުރީ ނިމިފައެވެ. އެހެންކަމުން މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އެ މިސްކިތުގެ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން މިނިސްޓަރު ހިއްސާކުރެއްވި ފޮޓޯތަކާއި ރާއްޖެ ޓީވީން ގެނެސްދިން ވީޑިޔޯ މަންޒަރުތައް އަޅައިކިޔުމުން އެނގެއެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު މަސައްކަތް ގޮސްފައި އޮތް ހިސާބަށް ބަލާއިރު މިސްކިތުގެ މަސައްކަތް ގާތްގަނޑަކަށް ހުރީ ނިމިފައެވެ. އެކަމަށް މި ވެރިކަމުގައި ދެ މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށްވެސް ޑރ.ޝަހީމު ވިދާޅުވިއެވެ. 

އޭގެ އިތުރަށް މިނިސްޓަރު ވިދާޅުވީ ކުރިން މިސްކިތް ހަވާލުކުރިއިރު މުންނާރެއް ބީއޯކިއުގައި ހިމަނާފަައިވެސް ނެތް ކަމަށެވެ. ނަމަވެސް މިހާރު ބީއޯކިއުއަށް ބަދަލުގެނެސް މުންނާރު މަސައްކަަތްކުރުމަށް އިސްލާމިކް މިނިސްޓްރީން ދޭންޖެހޭ ހުއްދަވެސް ދީފައިވާކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އަމާޒަަކީ ވީހާވެސް އަވަހަށް މިސްކިތް ހުޅުވުން ކަމަށެވެ. 

ދިގުރަށު މިސްކިތާ ގުޅުވައިގެން ދޮގު ހަބަރެއް ރާއްޖެޓީވީން ޝާއިއުކުރިއިރު އެ ޗެނަލްގެ އެކައުންޓުތަކުން ޑރ.ޝަހީމުވަނީ ބްލޮކްކޮށްފައެވެ. އެކަމާ ގުޅިގެން ޝަހީމުވަނީ އޭނާ އަންބްލޮކްކޮށް ކޮމެންޓުކުރެއްވުމަށް ފުރުސަތު ދިނުމަށާއި، މީޑިޔާގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް ރާއްޖެ ޓީވީއަށް އިލްތިމާސްކުރައްވާފަައެވެ. 

ކިޔުންތެރިންގެ ހިޔާލު