ENGLISH
04 ސެޕްޓެމްބަރު 2025
ކުރީ ސަރުކާރުގައި ވަކިކުރި ދެ އޮފިސަރުން އަލުން ވަޒީފާއަށް
04 ސެޕްޓެމްބަރު 2025
|
ޖަމްޝީދު އަދި އަހްމަދު
ކުރީ ސަރުކާރުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވަކިކުރި ދެ އޮފިސަރުން އަލުން ވަޒީފާއަށް ނިކުންނަން ފަށައިފި އެވެ.
ޕޮލިސް ބޯޑުން ދިން ލަފަޔަކާއި ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވަނީ އެސިސްޓެންޓް ކޮމިޝަނަރުގެ މަޤާމުގައި އޭރު ތިއްބެވި މުހައްމަދު ޖަމްޝީދާއި އަހުމަދު މުހައްމަދެވެ.
އެ ދެ އޮފިސަރުން މަޤާމުން ވަކިކުރިކުރުން ގޯސް ކަމަށް ކަނޑައަޅާ އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން އޮތީ ނިންމާފަ އެވެ.
އޭރު އޮތް ޕޮލިސް ބޯޑުން ފުލުހުންގެ ވަރަށް ގިނަ އިސް އޮފިސަރުންތަކެއް ވަޒީފާއިން ވަކިކުރަން ލަފާ ދިނެވެ. ނަމަވެސް ވަޒީފާއިން ވަކިކޮށްފައި ވަނީ މުހައްމަދު ޖަމްޝީދާއި އަހުމަދު މުހައްމަދެވެ.
އެ ނިންމުން ނިންމީ އެ ލަފަޔަށް އަމަލުކުރުން ހުއްޓުވުމަށް ކޯޓަށް މައްސަލަ ހުށައަޅާފައި ވަނިކޮށެވެ.