ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ބަދުރުއްދީން އައްޔަނުކުރައްވައިފި

03 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ބަދުރުއްދީން ހަސަން

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

އެ މަޤާމަށް ހަމަޖައްސަވާފައިވަނީ ބަދުރުއްދީން ހަސަން އެވެ. އެ ކުންފުނިން ވަނީ އޭނާއަށް މަރުޙަބާ ކިޔާފަ އެވެ.

އެސްޑީއެފްސީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ގޮތެއްގައި ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުމަށް ކުރީ ސަރުކާރުގައި 2019 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.

ނަމަވެސް ލޯނު ދޫކުރުމުގައި ހަރުދަނާ އުސޫލެއް އޭރު ނުގެންގުޅުމުގެ ސަބަބުން ކުރީ ދައުރުގައި އެ ކުންފުންޏަށް އެއްވެސް ފައިދާއެއް ނުވެ އެވެ. އަދި ދޫކުރި ގިނަ ލޯންތަކުން ފައިސާ ވެސް ނުދައްކަ އެވެ. 

ލޯނުތަކުގެ ބޮޑު ބަޔަކަށް ބަރާބަރަށް ފައިސާ ނުލިބި "ނޮން ޕާފޯމިން އެސެޓް"ގެ ގޮތުގައި ކަނޑައަޅާފައިވާކަން އޮޑިޓާ ޖެނެރަލްގެ ރިޕޯޓަކުން ވަނީ ހާމަވެފަ އެވެ.  

2019 ވަނަ އަހަރު އެ ކުންފުނި އުފެއްދި ތާރީހުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް އެސްޑީއެފްސީއަށް ފިނޭންސް މިނިސްޓްރީން ރައުސުލްމާލުގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި އުފެއްދި ތާރީހުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުންޏަށް ފައިދާއެއް ނުވެއެވެ. ނަމަވެސް މާލީ ހާލަތު ރަނގަޅުކުރުމަށް ކުންފުނިން އެޅި ފިޔަވަޅުތަކުގެ ސަބަބުން 2024 ވަނަ އަހަރު އެ ކުންފުންޏަށް 45.21 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. 

ކިޔުންތެރިންގެ ހިޔާލު