ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ މުދަލަށް ޑިއުޓީ ނަގާ ރޭޓުން އިނާޔަތް ހޯދުމަށް އެދި ހުށައަޅާ ސެޓްފިކެޓަށް މިހާރު އެދެވޭނެ

03 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

މޯލްޑިވްސް ކަަސްޓަމްސް

ދިވެހިރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ މުދަލަށް ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގުރީމެންޓުގައިވާ ގޮތުގެ މަތިން ޑިއުޓީ ނަގާ ރޭޓުން އިނާޔަތް ހޯދުމަށް އެދި ހުށަހަޅާ “ސެޓްފިކެޓް އޮފް އޮރިޖިން” އަށް މިހާރު ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ހުށައެޅޭނެ ކަމަށް މޯލްޑިވްސް ކަަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ވަނީ “ސެޓްފިކެޓް އޮފް އޮރިޖިން” އަށް ހުށައަޅަން ޖެހޭ ގޮތުގެ މަޢުލޫމާތު ހިމަނާ ޚާއްސަ ވީޑިއޯއެއް ޢާންމުކޮށްފަ އެވެ. އެ ވީޑިއޯގައި “ސެޓްފިކެޓް އޮފް އޮރިޖިން” އަށް ހުށައަޅަން ޖެހޭ ގޮތް ހިމަނާފައިވެ އެވެ.

އެ ހުށައެޅުން އެޕްރޫވް ކުރުމުން ބޭނުންނަމަ ޕްރިންޓް ވެސް ކުރެވޭނެ އެވެ. ސެޓިފިކެޓްގައި ސޮއި އަދި ސްޓޭމްޕް ޖެހުމުން ސެޓިފިކެޓްގެ ޕްރިންޓެއް ކަސްޓަމްސް އިން ވެރިފަރާތަށް ދޭނެ އެވެ.

ކަސްޓަމްސް އިން ބުނީ މި ގެނެވުނު ބަދާލައި ގުޅިގެން ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގުރީމެންޓްގެ ދަށުން ރާއްޖެއިން އެކްސްޕޯޓް ކުރެވޭ މުދަލުގެ ޑިކްލަރޭޝަން ނިންމުން ހަރުދަނާވެ އިތުރަށް ހަލުއި ވެގެންދާނެ ކަަމަށެވެ. 

އަދި އެކްސްޕޯޓް ކުރެވޭ މުދަލަކީ ރާއްޖޭގެ މުދަލެއް ކަމާއި ހުށައަޅާ ސެޓްފިކެޓް އޮފް އޮރިޖިން އަކީ ސައްޙަ އެއްޗެއްކަން ޗައިނާގެ ކަމާބެހޭ އިދާރާތަކާއި އިމްޕޯޓަރުންނަށް ވަގުތުން ކަށަވަރު ކުރެވޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު