ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ހެޔޮ ބަދަލެއް: މުސްކުޅިކޮށް ވަޒީފާއިން ވަކިކުރާއިރު ޚިދުމަތް ގުނުމުގައި ބަލާ ގޮތް ބަދަލުކޮށްފި

03 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ސަރުކާރުގެ ގިނަ އޮފީސްތައް ހިންގާ ވެލާނާގެ ބިލްޑިން

މުވައްޒަފު ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރާ އިރު ޚިދުމަތް ގުނުމުގައި، ސިވިލް ސަރވިސްގައި ނުހިމެނޭ ދައުލަތުގެ އެހެން މުއައްސަސާތަކުގައި ޚިދުމަތްކޮށްފައިވާ މުއްދަތު ހިމެނުމަށް ނިންމައިފި އެވެ.

އެ ނިންމުން ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ޢާންމުކޮށްފަ އެވެ. އެ ކޮމިޝަނުން މިއަދު ބުނީ ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރާއިރު، ޚިދުމަތުގެ މުއްދަތު ގުނުމުގައި ސަރުކާރުގައި ޚިދުމަތް ކޮށްފައިވާ މުއްދަތުގެ އިތުރުން، ސިވިލް ސަރވިސްގައި ނުހިމެނޭ، ދައުލަތުގެ އެހެން މުއައްސަސާތަކުގައި (ސަރުކާރުގެ މައި ހިއްސާ ހިމެނޭ ކުންފުނިތައް ހިމެނޭހެން) ޚިދުމަތްކޮށްފައިވާ މުއްދަތު ހިމެނުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެހެން ކަމުން މިހާރު ވަޒީފާގައި ދެމިތިބި މުވައްޒަފުންގެ އެފަދަ ތަޖުރިބާގެ ރެކޯޑެއްވާ ނަމަ، ތަޖުރިބާގެ ލިޔުމުގައި ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެމަތިން ތައްގަނޑު ޖެހުމަށް ފަހު، ވަޒީފާ އަދާކުރާ އިދާރާ މެދުވެރިކޮށް ސީއެސްވިއުގައިގެ "އެކްސްޕީރިއަންސް" ބަޔަށް އެ ލިޔުން އަދާހަމަކުރުމަށް ވަނީ އެދިފަ އެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުގައި ލާޒިމުކުރާ މަޢުލޫމާތުތައް ހިމެނޭހެން، ތަޖުރިބާ އަންގައިދޭ ލިޔުން ތައްޔާރުކުރެވިދާނެ ގޮތުގެ ނަމޫނާއެއް، ވެސް އެ ކޮމިޝަނުން ވަނީ ޢާންމުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު