ENGLISH
05 ސެޕްޓެމްބަރު 2025
މަޖިލީސް މެންބަރުންގެ މާލީ ބަޔާންތައް ޢާންމުކުރަން ފަށައިފި
03 ސެޕްޓެމްބަރު 2025
|
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
ރައްޔިތުންގެ މަޖިލީސް މެންބަރުންގެ މާލީ ބަޔާންތައް ޢާންމުކުރަން ފަށައިފި އެވެ.
މެންބަރުންގެ މާލީ ބަޔާންތައް ޢާންމުކުރަން ލާޒިމުކޮށް އެ ނިންމުން މަޖިލީހުން ނިންމީ މިދިޔަ އަހަރު އެވެ. އެ ނިންމުމާއި އެއްގޮތަށް މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް ނިމިދިޔަ މަހުގެ ނިޔަލަށް ހުށައަޅަން ޖެހެ އެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ވަނީ މެންބަރުންގެ މާލީ ބަޔާންތައް ޢާންމުކުރަން ފަށާފަ އެވެ. މިހާތަނަށް ޢާންމުކުރި މާލީ ބަޔާންތަކަށް ބަލާއިރު ބައެއް މެންބަރުންގެ މާލިއްޔަތުގައި މިލިއަނުން ފައިސާ އެބަ ހުއްޓެވެ. ބައެއް މެންބަރުންގެ މާލީ ބަޔާންތަކުގައި އެސެޓްގެ ގޮތުގައި ސައިކަލާއި ކާރާއި އެ ނޫން ބައެއް ވެހިކަލްތަކާއި ފްލެޓާއި ރޯ ހައުސް އެބަ ހުއްޓެވެ.
ނަމަވެސް ބައެއް މެންބަރުންގެ މާލީ ބަޔާންތައް ދައްކާ ގޮތުން އެ މެންބަރުންގެ މާލިއްޔަތުގައި ހުރީ ވަރަށް މަދު އަދަދެއްގެ ފައިސާކޮޅެކެވެ. ބައެއް މެންބަރުންގެ އެކައުންޓްގައި އެއްވެސް ފައިސާއެއް ނެތެވެ. ބައެއް މެންބަރުންގެ އެކައުންޓްގައި ހުރީ 100 ރުފިޔާ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލީސް މެންބަރުންގެ މާލީ ބަޔާންތައް ޢާންމުކުރަން ނިންމީ މެންބަރުންގެ މާލީ ޙާލަތު ރައްޔިތުންނަށް އެނގި ނަޒާޙަތްތެރި ކަމަށް ފުރުސަތު ފަހިކުރުމުގެ ގޮތުންނެވެ.