ENGLISH
03 ސެޕްޓެމްބަރު 2025
އެމްޓީޑީ އުވާލާ ދަފްތަރުން ނަގައިފި
02 ސެޕްޓެމްބަރު 2025
|
ސިޔާސީ ޕާޓީތަކުގެ ޤާނޫނު
މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 (ތިންހާސް) މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3000 (ތިންހާސް) މެންބަރުން ހަމަވެފައިނުވާތީ، މިއަދުން ފެށިގެން މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ) އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ.
އެމްޓީޑީއަކީ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވާ އުފައްދަވާފައިވާ ޕާޓީއެކެވެ. އެ ޕާޓީގައި ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ އަދަދަށް 3,000 މެންބަރުން ހަމަނުވެ އެވެ. އެ ޕާޓީގައި އުވާލިއިރު ތިބީ 2272 މެންބަރުންނެވެ.