ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ވެލާ ހިމާޔަތް ކުރުމަށް ހޭލުންތެރިކުރުމަށް ހިންގާ ހަރަކާތަށް ވީއެމްސީން މަރުޙަބާ ކިޔައިފި

02 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ވެލާ ހިމާޔަތް ކުރުމަށް ހޭލުންތެރިކުރުމަށް ހިންގާ ހަރަކާތަށް ވީއެމްސީން ވަނީ މަރުޙަބާ ކިޔާފައި --

ވެލާ ކަނހަބު ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކޯރާ ކޯރާ މޯލްޑިވްސްގެ ރިސޯޓް މެނޭޖަރ މުޢިޒް މުޙައްމަދާއި، ދަ ސްޓޭންޑަރޑް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ ޖަސްޓިން ސްވާޓް، ޅަވިޔަނި އަތޮޅު ހުރަސްކޮށް ފަލިޖެހުމަށް ހިންގާ ހަރަކާތަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ތަޢުރީފު ކުރުމާއެކު މަރުހަބާ ކިޔައިފި އެވެ.

"ރީކަނެކްޓިންގ ޑުއޯ" ގެ ނަމުގައި މި ދެ ރިސޯޓް މެނޭޖަރުން 58 ކިލޯމީޓަރުގެ ސަރަޙައްދެއް ހުރަސްކޮށް ދިވެހި ކަނޑުތަކުގައި ވެލާކަހަނބަށް ހުރި ނުރައްކާތަކާބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރާނެ އެވެ. މިއީ އެޓޮލް މެރިން ސެންޓަރާއި ގުޅިގެން ވެލާ ކަހަނބު ހިމާޔަތްކުރުމާއި، އެކި ގެއްލުންތަކާއެކު ސެންޓަރަށް ގެނެވޭ ވެލަޔަށް ފަރުވާ ދިނުމަށްފަހު އަލުން ކަނޑުތަކަށް ދޫކުރުމަށް ކުރާ މަސައްކަތްތަކަށް އަހުލުވެރިކުރުމަށް ޅަވިޔަނި ޓްރޓަލް ފެސްޓިވަލްގެ ހަރަކާތެއްގެ ގޮތުގައި ހިންގޭ ހަރަކާތެކެވެ.

ނައިފަރު ޖުވެނައިލް އިން އިސްނަގައިގެން އެޓޮލް މެރިން ސެންޓަރ އަދި އެޓޮލް ވޮލަންޓިއަރޒްއާއެކު 2016 ން ފެށިގެން ކުރިއަށްދާ ޅަވިޔަނި ޓްރޓަލް ފެސްޓިވަލަކީ، މާލެ ސަރަހައްދުން ބޭރުގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ހަރަކާތެވެ. އަހަރަކު ތިންހާހަށް ވުރެ ގިނަ މީހުން ބައިވެރިވާ މި ހަރަކާތުގައި ސްކޫލް ދަރިވަރުންނާއި، ޒުވާން ޖީލުތަކަށް ކަނޑުތަކުގެ ރޯދި ހިމާޔަތްކުރުމުގެ މުހިއްމުކަމާއި، ވެލާ ކަނހަނބަށް އިންސާނުންގެ ދިވާމާ ނުރައްކާތަކާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު