ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

އުއްތަމަފަނޑިޔާރުގެ އަރިހަށް އޭޖީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

02 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

އުއްތަމަފަނޑިޔާރުގެ އަރިހަށް އޭޖީ އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން --

އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ގެ އަރިހަށް ބަންޑާރަ ނާއިބު އަލްއުސްތާޛު އަޙްމަދު އުޝާމް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ބައްދަލްވުން އޮތީ ސުޕްރީމް ކޯޓްގަ އެވެ. އެ ބައްދަލްވުމާއި ގުޅޭގޮތުން ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ މި ބައްދަލްވުމުގައި ޝަރުޢީ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމާއެކު، އަދުލު އިންސާފުގެ ދާއިރާ ކުރިއެރުވުމުގައި ޝަރުޢީ ދާއިރާއަށް އެއްބާރުލުން ދިނުމަށް ސަރުކާރުން ފުރިހަމަ އެހީތެރިކަަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވި ކަމަށެވެ.

އުއްތަމަފަނޑިޔާރުކަމަަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޓެކްސް އެޕީލް ޓްރައިބުއުނަލުގެ ރައީސްގެ މަގާމުގައި ހުންނެވި ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރެއްވީ އޮގަސްޓް މަހުގެ ހަވަނަ ދުވަހު އެވެ. އެ މަޤާމަށް ޢަބްދުލްޣަނީ މުޙައްމަދު އައްޔަނުކުރެއްވީ ކުރީން އެ މަޤާމުގައި ހުންނެވި އަޙްމަދު މުއުތަސިމް އަދުނާން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު