ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ފަލާޙްގެ ރައްދު އެމްޑީޕީގެ ވެރީންނަށް: ޤައުމު ހަލަބޮލިކުރަން އުޅެނީ ކޮށްފައިވާ ވައްކަންތަކުގައި މަތިޖަހަން

02 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙް --

އިދިކޮޅު އެމްޑީޕީން މުޒާހަރާކޮށް ޤައުމު ހަލަބޮލިކުރަން އުޅެނީ ނިމިދިޔަ ސަރުކާރުގައި އެމްޑީޕީގެ ވެރީން ހިންގާފައިވާ ވައްކަންތަކުގައި މަތިޖަހާ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް ކޮންގްރެސް ޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެ އެވެ.

ފަލާޙް މިހެން ވިދާޅުވީ އަންނަ މަހުގެ ތިންވަނަ ދުވަހު އެމްޑީޕީން މާލޭގައި މުޒާހަރާ ކުރަން ނިންމުމާއި ގުޅިގެން އެ ނިންމުމަށް ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ފަލާޙް ވިދާޅުވި ގޮތުގައި މުޒާހަރާ ކުރަން ނިންމީ އެމްޑީޕީގެ ވެރީން ކޮށްފައިވާ ވައްކަންތައް މިހާރު ބަލަން ފަށާތީ ކަމަށެވެ.

"ތި އުޅެނީ ޤައުމު ހަލަބޮލިކުރަން. އެކަންކަން (ކޮށްފައިވާ ވައްކަންތައް) މަތިޖަހަން އަބަދު ތިހެން ޖަރީމާ ހިންގާފައި ޤައުމު ނޮޅާ ހުސްކޮށްލާފައި އެހެން މީހުންގެ ބޮލަށް ކަނޑާލެވޭނެ ކަމަށް ހީނުކުރައްވާ," 

ފަލާޙް ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުން ‏ބަދަލުގެ ނަމުގައި އެކަނި މިދިޔަ ފަސް އަހަރު ގާތް ރަހްމަތްތެރިންނަށް 800 މިލިއަން ރުފިޔާ ބަހާލި ކަމަށެވެ. އަދި ކޮވިޑުގައި ޤަޢުމުތަކުން ލިބުންހާ ހިލޭ އެހީ ހުރީ ރާއްޖެއިން ބޭރުގައި އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށެވެ.

".. މުޅި ޤަޢުމު އެއްކޮށް ދަވާލައިގެންތިބެ ބަލާބަލަ ދައްކާ ވާހަކަ ރީއްޗެއްނު! ކޮށްފަހުރި ވައްކަންތައް މިހާރު ބަލަން ފަށާތި," ފަލާޙް ވިދާޅުވި އެވެ.

‏ޕްރޮޖެކްޓް ހިންގުމުގެ ނަމުގައި ހުރީ ކަރުދާހު ގައި ސޮއިކޮށްލި ގޮތަށް ކަމަށާ އެއްވެސް މަސައްކަތެއް ނުކޮށް އެކުވެރިންގެ ކުންފުނިތަކަށް އެތައްސަތޭކަ މިލިއަން ރުފިޔާ ބަހާލާފައިވަނީ ބައިއަޅާ ގޮތަށް ކަމަށް ވިދާޅުވެ ފަލާޙް ވަނީ ދިވެހި ރައްޔިތުންނަކީ އެހާ މޮޔަ ބައެއް ކަމަށް ހީނުކުރުމަށެވެ.

‏"ތި އުޅެނީ މިހާލުގައި ޤަޢުމު ޖައްސާފަ އަދިވެސް ހިތް ނުފުރިގެންތަ. މިގޮތައް ކިޔާނަމަ ރައްޔިތުންނަށް އެމްޑީޕީގެ ވެރިން ހިންގާފަހުރި ޖަރީމާތަށް ހާހުން ކިޔާލަން އެބަހުރި. އިންތިޒާރު ކޮށްލައްވާ ކުރި ވައްކަންތައް އަރާހަމަ ކުރާނެ ހެއްކާއެކު," އެމްޑީޕީގެ ވެރީންނަށް އަމާޒު ކުރައްވާ ފަލާޙް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު