ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ރާއްޖެއާއި ޗައިނާގެ މެދުގައި މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

02 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ޗައިނާއާއި ރާއްޖެއާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު، ފޮޓޯ: ރައީސް އޮފީސް

ރާއްޖެއާއި ޗައިނާގެ މެދުގައި މުހިއްމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ. 

މިއަދު ޗައިނާގެ ބެއިޖިންގައި ހުންނަ ވަންގްފޫޖިން ހިލްޓަން ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ތަފާތު ގިނަ ދާއިރާތަކުން އެއްބާރުލުންދިނުމަށް އެއްބަސްވުންތަކެއްގައި ސޮއިކުރެވުނެވެ. އެގޮތުން ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރަން އެއްބަސްވެވުނު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ؛ 

1- ގާބިލުކަން އިތުރުކުރުން 

2- އިގުތިސާދީ ތަރައްގީ 

3- އުމްރާނީ ވަސީލަތްތައް ކުރިއެރުވުން 

4- އިއާދަކުރަނަވި ހަކަތަ 

މި ދާއިރާތަކުން ގާއިމުކުރެވުނު އެއްބަސްވުންތަކަކީ ރާއްޖެއާއި ޗައިނާގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާއެކު، ހިއްސާވަނިވި ތަނަވަސްކަން އިތުރުކޮށް، ދެމެހެއްޓެނެވި ތަރައްގީ ކުރިއެރުވުމަށް ދެ ގައުމުން އަޒުމް އައުކުރުމަށް ވެވުނު އެއްބަސްވުންތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވެއެވެ. 

މި އެއްބަސްވުންތައް ގާއިމުކުރެވުނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ. 

ކިޔުންތެރިންގެ ހިޔާލު