ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ މިސްކިތެއް އަޅަން ބިން ހަވާލުކޮށްފި

02 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ދެ މިސްކިތް އެޅުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ހަމަޖެއްސުން، ފޮޓޯ: މިނިސްޓްރީ

ރާއްޖޭގައި އެއް ސަރަހައްދެއްގައި އެންމެ ހަލުއިކޮށް އާބާދީ އިތުރުވަމުންދާ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ މިސްކިތެއް އެޅުމަށް ބިން ހަވާލުކޮށްފިއެވެ. 

ބިން ހަވާލުކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަލީ ޒުހައިރެވެ. އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ. 

އެގޮތުން މި އެއްބަސްވުމުގެ ދަށުން ދޫކުރަނީ 27،920 އަކަފޫޓުގެ ބިމަކާއި، 20،720 އަކަފޫޓުގެ ބޮމެކެވެ. ފުރަތަމަ ބިމުގައި އަޅަނީ 2000 މީހުންނާއި 3،000 މީހުންނާ ދެމެދުގެ އަދަދަކަށް މީހުންނަށް ބޭނުންކުރެވޭ ޖާގަ ހުންނާނެ މިސްކިތެކެވެ. ދެވަނަ ބިމުގައި އަޅާ މިސްކިތުގައިވެސް އެ ޖާގަ ހުންނާނެއެވެ. 

މި ސަރުކާރު ވެރިކަމަށް އައިއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރީ މަދު މިސްކިތެކެވެ. އެ މައްސަލަ ހައްލުކޮށް ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ވަރަށް ހަލުއިކޮށް ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު