ENGLISH
03 ސެޕްޓެމްބަރު 2025
އޯގަސްޓު މަހު ފުލުހަށް 1،001 މައްސަލަ، ވައްކަމުގެ 303 މައްސަލަ
02 ސެޕްޓެމްބަރު 2025
|
ފުލުހުން މަގުމަތީ ހަރަކާތްތެރިވަނީ، ފޮޓޯ: ފުލުހުން
އޯގަސްޓު މަހު ފުލުހުންގެ ހިދުމަތަށް 1،001 މައްސަލަ ހުށަހެޅިފައިވާކަން ފުލުހުންގެ ހިދުމަތުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ފުލުހުންގެ ހިދުމަތުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ހިދުމަތަށް އޯގަސްޓު މަހު ހުށަހެޅުނު 1،001 މައްސަލައިގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން އޯގަސްޓު މަހު ފުލުހުންގެ ހިދުމަތަށް 303 މައްސަލަ ހުށަހެޅިފައިވެއެވެ.
ދެން އެންމެ ގިނައިން ފުލުހުންގެ ހިދުމަތަށް އޯގަސްޓު މަހު ހުށަހެޅުނީ 236 ޓްރެފިކް މައްސަލައެވެ. ދެން އެންމެ ގިނައިން ހުށަަހެޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލައެވެ. އެގޮތުން މަސްތުވާތަކެތީގެ 187 މައްސަލައެއް ފުލުހުންގެ ހިދުމަތަށް އޯގަސްޓު މަހު ހުށަހެޅިފައިވެއެވެ.
އޯގަސްޓު މަހު ހުށަހެޅި އިތުރު މައްސަލަތައް:
ފޭރުން؛ 23 މައްސަލަަ
ތަކެތި ގެއްލިގެން؛ 90 މައްސަލަ
ގެވެށި އަނިޔާ؛ 22 މައްސަަލަ
މާރާމާރީ؛ 45 މައްސަލަ
ޖިންސީ ކުށްތައް؛ 19 މައްސަލަ
ހިޔާނާތް؛ 21 މައްސަލަ
މުދަލަށް ގެއްލުން ދިނުން؛ 44 މައްސަލަ
ފޯޖުކުރުމާއި ފޭކު މުދާ އުފެއްދުން؛ 11 މައްސަލަ
ފުލުހުން އަންނަނީ ކުށް މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭ ސަރަަހައްދުގެ މަގުތައް ބެލެހެއްޓުމަށް ހަރަކާތްތެރިވާ ފުލުހުންގެ އަދަދު އިތުރުކޮށް ކޮންމެ ފަސް މިނިޓަކުން މަގުމަތިން ފުލުހެއް ފެންނަ ގޮތަށް ފުލުހުންގެ އޮޕަރޭޝަންތައް ބަދަލުކުރިއެވެ.