ENGLISH
01 ސެޕްޓެމްބަރު 2025
އެސްސީއޯ ޕްލަސް ބައްދަލްވުން: ފަލަސްތީނުގެ ދިފާޢުގައި ރައީސް ވާހަކަފުޅު ދައްކަވައިފި
01 ސެޕްޓެމްބަރު 2025
|
އެސްސީއޯ ޕްލަސް ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަަވަނީ --
ޗައިނާގެ ޓިއަންޖިންގައި މިއަދު ބޭއްވި "އެސްސީއޯ ޕްލަސް" ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު, ފަލަސްތީނުގެ ދިފާޢުގައި ވާހަކަފުޅު ދައްކަވާ ދިވެހީންނާއި ދިވެހިރާއްޖެ އެ ޤައުމާއި ރައްޔިތުންނާއެކު ތިބިކަަން ދުނިޔެއަށް ހާމަކޮށްދެއްވައިފި އެވެ.
އެސްސީއޯ ޕްލަސް ބައްދަލުވުމަކީ، އެސްސީއޯގެ މެންބަރު ޤައުމުތަކާއި، ޕާޓްނަރ ޤައުމުތަކާއި، ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ހިއްސާކުރާ ގޮންޖެހުންތަކާއި، ނުރައްކާތަކާއި، އިޤްތިޞާދީ އިންޓެގްރޭޝަނާއި ގްލޯބަލް ގަވަނަންސް ފަދަ މައުޟޫޢުތަކުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ހުޅުވާލާފައިވާ މަންސައެކެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ބަޔާނެއް ދެއްވާފަ އެވެ. އެ ބަޔާނުގައި އެމަނިކުފާނު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގައި ދިވެހީން ތިބީ ސާބިތުކަން މަތީގައިކަން ހާމަކުރައްވާފަ އެވެ. އަދި ފަލަސްތީނުގެ ޙައްޤުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން ވެސް އެކުގައި މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލުމުގައި ދިވެހިރާއްޖޭގެ އަޑަކީ އަބަދުވެސް ގަދަ އަޑެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އެ އަޑު ބައިނަލްއަޤްވާމީ ދުނިޔޭގައި ވަނީ އިތުރަށް ގަދަ ކުރައްވާފަ އެވެ. ބައިނަަލްއަޤްވާމީ މުހިންްމު ކޮންމެ ޕްލެޓްފޯމެއްގައި ހެން އެމަނިކުފާނު ގެންދަވަނީ އެ ވާހަކަފުޅުތައް ތަކުރާރު ކުރައްވަމުންނެވެ.