ENGLISH
01 ސެޕްޓެމްބަރު 2025
ޑާކްރެއިންގެ "އަލިފާން" ގެ އޮފިޝަލް ޕޯސްޓަރު، މިއީ އެ ސްޓޫޑިއޯގެ ރެކޯޑް ދަމަހައްޓާނެ ފިލްމަކަށް ވާނެ
01 ސެޕްޓެމްބަރު 2025
|
ޑާކްރެއިންގެ "އަލިފާން" ގެ އޮފިޝަލް ޕޯސްޓަރު
ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ -- ޑާކްރެއިން އެންޓަރޓައިމަންޓްގެ އައު ފިލްމް "އަލިފާން" ގެ އޮފިޝަލް ޕޯސްޓަރު މިއަދު ރިޒީލް ކޮށްފި އެވެ.
އަންނަ މަހުގެ ހަވަނަ ދުވަހު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޕޯސްޓަރުން މިއީ އެ ސްޓޫޑިއޯގެ ރެކޯޑް ދަމަހައްޓާނެ ފިލްމެއް ކަމަށް ވަނީ ބެލެވިފަ އެވެ. އެންމެ ފަހުން އޮތް ފިލްމު އެވޯޑްސްގައި އެންމެ ގިނަ އެވޯޑް ހޯދި ޑާކްރެއިންގެ ކޮންމެ އުފެއްދުމަކީ ވެސް ވަރަށް މޮޅު އުފެއްދުމެކެވެ.
މި ފިލްމު ހުރިހާ ގޮތަކުން ވެސް މޮޅުވެފައި ތަފާތު ވާނެ ކަމަށް ބެލެވެ އެވެ. އޮފިޝަލް ޕޯސްޓަރުގައި ފިލްމުގެ މައިގަނޑު ތަރީންގެ ފޮޓޯ ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ޝީލާ ނަޖީބު, މުޙައްމަދު ފައިސަލް, ރަވީ ފާރޫގް އަދި ޝަރަފުއްދީން ހިމެނެ އެވެ.
ޕޯސްޓަރުގެ އެންމެ ޝައުގުވެރި ކަމަކީ ފިލްމުގައި މި ތަރީންގެ ފަރާތުން ފެނިގެންދާ ކެރެކްޓާ ކޮންމެވެސް ވަރަކަށް ސިފަކޮށްދީފައިވުމެވެ. ހުރިހާ ތަރީންގެ ފޮޓޯގައިވެސް އަލިފާން ރޯވެ ހުޅުހިފާފައިވާއިރު ރަވީ ހުންނަނީ ކޮނޑުމައްޗަށް ދަނޑިބުރިއެއް ލައިގެންނެވެ. ޝަރަފުގެ އަތުގައި ވަޅިއެއް އޮންނައިރު ފައިސަލްގެ އަތުގައި ބޮޑު ސުއްޓާއެއް އޮވެ އެވެ. ޝީލާ ފެންނަނީ ވަަރަށް ރުޅިގަދަވެފައި ވަނިކޮށެވެ.
ހަމައެކަނި ޕޯސްޓަރުންވެސް ފިލްމަށް ބޮޑު ޝައުގުވެރިކަމެއް އުފައްދަ އެވެ. އެންމެ ބޮޑު ޔަގީން ކަމަކީ ޑާކްރެއިންގެ ފިލްމަކަށް ވުމުން އެ ސްޓޫޑިއޯގެ އުފެއްދުންތަކުގެ ފުރިހަމަކަމާއި މޮޅުކަން މި ފިލްމުގައި ހިމެނޭނެ ކަމެވެ. ފަހަރުގައި މިއީ މި ފަހަރުގެ އެވޯޑްސް ގައި ރެކޯޑް މުގުރާލި "ރޮއްގާޅު" ފަަދަ ތަފާތު މޮޅު އުފެއްދުމަކަށް ވެދާނެ އެވެ.