ENGLISH
01 ސެޕްޓެމްބަރު 2025
ކޮލަމާ ބޯޓްގެ ކެޕްޓަން ނިޔާވެއްޖެ
01 ސެޕްޓެމްބަރު 2025
|
ކޮލާ ބޯޓް
ގެއްްލިގެން ހޯދަމުން ދިޔަ "ކޮލާ ބޯޓް" ފެނިފައިވާ ކަމަށާ ނަމަވެސް ބޯޓްގެ ކެޕްޓަން ނިޔާވެފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
އެ ބޯޓް ގެއްލިގެން ހޯދަމުން ދާތީ އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން ބުނީ ބޯޓް ފެނިފައިވާ ކަމަށެވެ. ބޯޓް ފެނިފައިވަނީ އެކިފަރަ ސަރަހައްދުންނެވެ. ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ބުންޏެވެ.
ބޯޓްގެ ކެޕްޓަން ޕޮލިސް ލޯންޗްގައި ވިލިގިލި ހޮސްޕިޓަލަށް ގެންދިޔަ ކަމަށާ ނަމަވެސް އޭރު ކެޕްޓަން ނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނިޔާވެފައި ވަނީ ގއ. ކޮލަމާފުށި, ދޮންވެލި އުމުރުން 66 އަހަރުގެ އާދަމް ސަޢީދު އެވެ.
މި ހާދިސާގެ ރިޕޯޓް ފުލުހަށް ލިބުނީ މިއަދު މެންދުރު 1:25 ހާއިރު ކަމަށް ވެސް ބުންޏެވެ. ފުލުހުން ބުނީ އެ ހާދިސާގެ ތަޙުޤީޤެއް ހިންގަމުންދާ ކަމަށެވެ.