ENGLISH

04 ސެޕްޓެމްބަރު 2025

Advertisement

އޯގަސްޓު މަހު ވޭޕާ ގުޅޭ މައްސަލަތަކުގައި 150،000 ރުފިޔާގެ ޖޫރިމަނާ

01 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ފާއިތުވި އޯގަސްޓު މަހުގައި ވޭޕާ ގުޅޭ އެކި މައްސަލަތަކުގައި ޖުމްލަ 30 މީހަކު 150،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި އޯގަސްޓު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވޭޕާ ގުޅޭ އެކި މައްސަލަތަކުގައި ޖުމްލަ 30 މީހަކު ޖޫރިމަނާކުރިއެވެ. އެ މީހުންގެ ޖޫރިމަނާގެ ޖުމްލަ އަދަދު 150،000 ރުފިޔާއަށް އަރައެވެ. 

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ވޭޕް ބޭނުންކޮށްގެން އޯގަސްޓު މަހު 14 މީހަކު ޖޫރިމަނާކޮށްފައިވެއެވެ. އެމީހުންގެ ޖޫރިމަނާ 85،000 ރުފިޔާއަށް އަރައެވެ. އޭގެ އިތުރަށް ވޭޕު ގެންގުޅުމުގެ މައްސަލަތަކުގައި 16 މީހަކު ޖޫރިމަނާކޮށްފައިވެއެވެ. އެމީހުންގެ ޖޫރިމަނާ 65،000 ރުފިޔާއަށް އަރައެވެ. 

ފާއިތުވި އަހަރުގެ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުމާއި ވިއްކުމާއި ބެހުން މަނާކޮށްފައިވެއެވެ. އެ ކަންކަން މަނާކުރި ގާނޫނުގެ ދަށުން ވޭޕްގެ އެއްވެސް ބާވަތެއް އެތެރެކޮށްފިނަމަ، 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިނަނާކުރެވޭނެއެވެ. 

ވޭޕު މަނާކުރަން ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ފާސްކޮށް ތަސްދީގުކޮށް އަމަލުކުރަން ފެށުމުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ދިވެހި ސަރުކާރަށް ތާރީފުކޮށްފައިވެއެވެ. 

މި ސިޔާސަތަކީ ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިއްމު އެއް މަސައްކަތެވެ. 

ކިޔުންތެރިންގެ ހިޔާލު