ENGLISH

01 ސެޕްޓެމްބަރު 2025

Advertisement

ނޭޕާލުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުމާމެދު ރައީސް މަޝްވަރާކުރައްވައިފި

01 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ނޭޕާލުގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ޗައިނާގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ)ގެ ހަވާސާގައި ނޭޕާލުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޯލީއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ. 

މި ބައްދަލުވުމުގައި ދެ ގައުމުގެ ލީޑަރުންވަނީ ދެ ގައުމުގެ މެދުގައި އޮތް ގުޅުމަކީ ޒަމާންވީ އެކުވެރިކަމެއްކަމާއި ބަދަހި ގުޅުމެއްކަން ފާހަގަކުރައްވައި، އެ ގުޅުން އެގޮތުގައި ކުރިއަށް އޮތް ތަނުގައިވެސް ދަމަހައްޓަވަން މަސައްކަތްކުރައްވަން އަޒުމު އައުކުރައްވާފައެވެ. 

އެގޮތުން ތައުލީމާއި އިގުތިސާދު ސިންދަފާތުކުރުން ފަދަ ދާއިރާތަކާއި، ގިނަ ދައުލަތްތައް ބައިވެރިވާ ބައިނަލްއަގުވާމީ އެކި ޖަމްއިއްޔާ ޖަމާއަތްތަކުގެ ތެރެއިން އެކުގައި މަސައްކަތްކުރުމަށް ދެ ގައުމުގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވެއެވެ. 

މި ބައްދަލުވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ މެދުގައި ހަރުދަނާ ގޮތެއްގައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ސަރަހައްދީ އެއްބާރުލުން އިތުރުކުރުމުގެ މުހިއްމުކަމާއި، ދެމެހެއްޓެނެވި ތަރައްގީ ކަށަވަރުކުރުމުގެ އަހައްމިއްޔަތު ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ. 

ރައީސްވަނީ މި ބައްދަލުވުމުގައި ނޭޕާލުން ހުއްޓުމެއް ނެތި ރާއްޖެއަށް ލިބޭ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ގައުމުގެ ހިއްސާވަނިވި މަސްލަހަތުތަކުގައި އިހުސާސްވަނިވި ނަތީޖާތަކެއް ހާސިލުކުރުމަށް އެކުގައި ގާތުން މަސއްކަތް ކުރެއްވުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގަތެވެ. 

ކިޔުންތެރިންގެ ހިޔާލު