ENGLISH

01 ސެޕްޓެމްބަރު 2025

Advertisement

އިޖާދީ ކަންކަން ތަޢާރަފު ކުރުމުގައި ށ. އަތޮޅަކީ އަބަދުވެސް ނަމޫނާ އަތޮަޅެއް: އާދަމް ޝަރީފް

01 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

ށ. އަތޮޅު ކައުންސިލުން ބޭއްވި މާރެސް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވަޒީރު ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: ލޯކަލް ގަވަރމަންޓް މިނިސްޓްރީ

ށ. އަތޮޅަކީ އައު ކަންކަން ކުރުމާއި އީޖާދީ ކަންކަން ތަޢާރަފްކުރުމުގައި އަބަދުވެސް ނަމޫނާ އަތޮޅެއް ކަމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިފަދައިން ވިދާޅުވީ އާދީއްތަ ދުވަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ށ. އަތޮޅަށް ތަޢުރީފްކުރައްވައި ވާހަކަދެއްކެވީ، ޤައުމީ ދުވަސް ފާހަގަކުރުމަށް އެ އަތޮޅަށް ކުރެއްވި ޒިޔާރަތަށްފަހުއެވެ. 

އަތޮޅު ފެންވަރުގައި ށ. އަތޮޅުގައި ޤައުމީ ދުވަސް ފާހަގަކުރުން އޮތީ ބިލެތްފަހީގައެވެ. އެރަށުގައި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮތީ އޮގަސްޓް 30 ވަނަ ދުވަހުއެވެ. އެ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ވަޒީރު އާދަމް ޝަރީފް އުމަރެވެ.

ޖަލްސާގެ އިތުރުން ވެސް އަތޮޅު ފެންވަރުގެ ގިނަ ހަރަކާތްތަކެއް ބިލެތްފަހީގައި ވަނީ ކުރިއަށްގެންގޮސްފައެވެ. 

ޖަލްސާގައި ވަނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހިތްވަރު ދިނުމުގެ ގޮތުން ށ. އަތޮޅު ކައުންސިލުން މާރެސް އެވޯޑް ދީފައެވެ. 

އަތޮޅަށް ކާމިޔާބީ ހޯދައިދިނުމަށްޓަކައި އިސްނަގައިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހިތްވަރުދިނުމުގެ ގޮތުން ދެއްވާ މާރެސް އެވޯޑަކީ މިސާލެއްކަމަށް ވަޒީރު ވިދާޅުވެފައި ވެއެވެ.

"އަތޮޅުގެ ހިންގުންތެރިކަން ކުރިއެރުވުމަށާއި އިޖުތިމާޢީގޮތުން އަތޮޅަށް ކާމިޔާބީ ހޯދައިދިނުމަށްޓަކައި އިސްނަގައިގެން އައު ކަންކަން ކުރުމާއި އިޖާދީ ކަންކަން ތަޢާރަފު ކުރުމުގައި ށ. އަތޮޅަކީ އަބަދުވެސް ނަމޫނާ އަތޮަޅެއް" - ވަަޒީރު އާދަމް ޝަރީފް އުމަރު

މިއަހަރުގެ މާރެސް އެވޯޑުގެ އެއްވަނަ ޙާޞިލްކުރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެވެ. ދެވަނަ ބިލެތްފަހި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބުނުއިރު، ތިންވަނަ ލިބުނީ ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށެވެ. 

ބިލެތްފަހީގައި އަތޮޅު ފެންވަރުގައި ފާހަގަކުރި ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި އަތޮޅާއި ރަށްރަށާއި ގުޅުންހުރި މަޝްވަރާތައް ކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު