ENGLISH
04 ނޮވެމްބަރު 2025
ރައީސުލްޖުމްހޫރިއްޔާ، ޤައުމީ ޔުނިވަރސިޓީގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
01 ސެޕްޓެމްބަރު 2025
|
ޤައުމީ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ. ފޮޓޯ: އެމްއެންޔޫ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 52 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ޤައުމީ ޔުނިވަރސިޓީއަށް މަރުޙަބާއާއި ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިސްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީގެ އަހަރީ ދުވަހު، ޤައުމީ ޔުނިވަރސިޓީގެ ހީވާގި ޓީމަށާއި ލޮބުވެތި ދަރިވަރުންނަށް މުނާސަބަތުގެ މަރްޙަބާއާއި ތަހުނިޔާ ފޮނުއްވާ ކަމަށެވެ.
ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ދުޢާއަކީ މި އުފާވެރި އަހަރީ ދުވަހު، ޤައުމީ ޔުނިވަރސިޓީ ދުވަހަކަށް ވުރެ ދުވަހެއް ކާމިޔާބު އަދި ފެންވަރު ރަނގަޅު ޢިލްމީ ހިޔާވައްސަކަށް ވުން ކަމަށެވެ.
ޤައުމީ ޔުނިވަރސިޓީ އުފައްދައި ޚިދުމަތްދޭން ފެށީ 1973 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.