ENGLISH
04 ނޮވެމްބަރު 2025
ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިޔާ: ފުލުހުން ކުރަމުންދާ ބުރަ މަސައްކަތަށް ރައީސްގެ ޝުކުރު
01 ސެޕްޓެމްބަރު 2025
|
ރައީސް، ފުލުހުންގެ ޚިދުމަތުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ
ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއި މުރާލިކަމާއެކު ދިވެހި ފުލުހުން ރެޔާއިދުވާލު ކުރަމުންދާ ބުރަ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފި އެވެ.
އެމަނިކުފާނު، ފުލުހުންގެ މަސައްކަތަށް ތަޢުރީފު ކުރައްވަވާ ޝުކުރުއަދާކުރެއްވެވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަނީ ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއި މުރާލިކަމާއެކު ދިވެހި ފުލުހުން ރެޔާއިދުވާލު ކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާ ހާލުގައި ކަމަށެވެ.
ނަވާރަ ސަތޭކަ ތިރީސް ތިން ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހު ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފެށުނު ނަމަވެސް ފުރަތަމަ އެ ޚިދުމަތް ދެމުން ގެންދިޔައީ ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ނަމުގައި ސިފައިންގެ ޚިދުމަތާއި އެކުގަ އެވެ.
ނަމަވެސް ރާއްޖެއަށް ގެންނަމުންދިޔަ އިސްލާހީ ބަދަލުތަކުގެ ތެރެއިން ފުލުހުންގެ ޚިދުމަތް 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު މަދަނީ ވަކި ޚިދުމަތެއްވެ ގޮތުގައި ޤާއިމުވެގެންދިޔަ އެވެ.
އޭގެ ފަަހުން ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ ފުރަތަަމަ ދުވަސް ފާހަގަކުރަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ގޮތުގަ އެވެ.
ސަރުކާރުން ދަނީ ފުލުހުންގެ މުޢައްސަސާގެ ތަރައްޤީއަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުންނެވެ. އަދި އެ މުއައްސަސާ ފުރިހަމަ މިނިވަން ކަމާއެކު ހިންގޭނެ ގޮތް ފަހިކޮށް ދެއްވަމުންނެވެ.