ENGLISH

01 ސެޕްޓެމްބަރު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

31 އޯގަސްޓު 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ މިދިޔަ އޭޕްރީލް މަހު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

މިއަދު ފާހަގަކުރަމުންދާ މެލޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެގައުމުގެ ރައީސާއި ބޮޑުވަޒީރުގެ އިތުރުން މެލޭޝިއާގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާ މެދުވެރިކޮށް މިއަދު ފޮނުއްވި ތަހުނިޔާގައި ވިދާޅުވީ، މެލޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެގައުމުގެ ރަސްގެފާނު ސުލްޠާން އިބްރާހީމާއި ބޮޑުވަޒީރު އަންވަރު އިބްރާހީމް އަދި، މެލޭޝިއާގެ ސަރުކާރާއި އެގައުމުގެ ރައްޔިތުންނަށް ފޮނުއްވާ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މެލޭޝިއާ ދެމިއޮންނަނީ ރާއްޖެއާ ގާތްގުޅުމެއް ބާއްވާ ޤައުމެއްގެ ގޮތުގައި ކަމަށެވެ. މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮންނަ ވަރުގަދަ ގުޅުމާއެކު، އެކުގައި އަބަދުވެސް މަސައްކަތްކޮށް، އިތުރަށް ބަދަހިކުރެއްވުމަށް އުއްމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. 

މެލޭޝިއާގައި މިއަހަރު ފާހަގަކުރަނީ އެޤައުމުގެ 68 ވަނަ މިނިވަން ދުވަހެވެ. ރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1968 ވަނަ އަހަރެވެ. 

ކިޔުންތެރިންގެ ހިޔާލު