ENGLISH

26 ނޮވެމްބަރު 2024

ހަނުހުރުމުގެ އިމަކީ ތިބާއާ ބެހޭ ކަންކަމުގައި ރިވެތި ބަހުން ބަސްބުނުން: ހުތުބާ

01 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

އިސްލާމީ މަރުކަޒު.

ހަނުހުރުމުގެ އިމަކީ ތިބާއާ ބެހޭ ކަންކަމުގައި ރިވެތި ބަހުން ބަސްބުނުންކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ކީ ހުތުބާގެ މަޢުލޫއަކީ "ހަނުހުރުމުގެ އަޚުލާޤު" އެވެ.

މިހުތުބާގައި ބުނެފައިވަނީ، ތިބާ މިއަދު ބުނާ ކޮންމެ ކަލިމައަކާ ބެހޭ ގޮތުން ޤިޔާމަތްދުވަހުން ތިބާއާ ސުވާލުކުރެވޭނެކަމަށާއި ވާހަކަދައްކަންވާނީ މި ކަމަށް ސަމާލުވެގެންކަމުގަ އެވެ.

މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. "އަދި ކޮންމެ އިންސާނަކުމެ، އޭނާ ކުޅަ عمل، އޭނާގެ ކަރުގައި ތިމަންރަސްކަލާނގެ އެޅުއްވީމެވެ. އަދި قيامة ދުވަހުން، ތިމަންރަސްކަލާނގެ އެމީހަކަށް ފޮތެއް ނެރުއްވާހުށީމެވެ. އެ ފޮތް ނިއުޅައިލެވިގެންވާ حال ގައި، އޭނާ ދެކޭނެތެވެ."

މުއުމިނާއަކީ އޭނާގެ ދޫ ހެޔޮކަމުގެ ވަސީލަތެއްކަމުގައި ހަދައި އެއިން ފަނާނުކޮށް  އާރާސްތުކުރާ މީހެއްކަމަށާއި އެއިން މީސްތަކުން ބައިބައިނުކޮށް އެކުވެރިކުރާ މީހެއްކަމުގައި ހުތުބާގައި ބުނެފައިވެއެވެ.

"މާތް ﷲއަށް تَقْوَىވެރިވާށެވެ! ހަނުހުރުމުގެ ޚުލްޤުން ޒީނަތްތެރިވާށެވެ! ބޭނުންވާ މިންވަރަށް ވާހަކަދައްކާށެވެ!"

ހުތުބާގައި ގޮވާލާފައިވެއެވެ.

މީގެ އިތުރުން، މި ޒަމާނުގެ މީސްމީޑިޔާތަކުގެ މަންސަތަކަށް ވަދެ ވަގުތުތައް ބޭކާރު ގޮތުގައި ހޭދަނުކުރުރުމަށާއި ވަގުތަކީ މާތް ﷲ ދެއްވި ނިޢުމަތެކަމަށާއި މި ނިޢުމަތާމެދު ޣާފިލުވާ މީހުން ވަރަށް ގިނަކަން ފާހަގަ ކުރިއެވެ. އަދި މި ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަޒުމުކަނޑައެޅުމަށްވެސް ވަނީ ގޮވާލާފަ އެވެ.

ދުނިޔެއާއި އާޚިރަތުގައި ނަޖާވުމުގެ ވަސީލަތަކީ ދޫ ރައްކައުތެރިކުރުމާއި ހަނުހުރުންކަމުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު