ENGLISH

25 ނޮވެމްބަރު 2024

ޔަމާލް ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން އާކުރަނީ

24 ނޮވެމްބަރު 2024

|

ޝަރާ އަބްދުﷲ

އުމުރުން 17 އަހަރުގެ ބާސެލޯނާގެ ލަމީން ޔަމާލް.

ބާސެލޯނާގެ ޒުވާން ފޯވާޑް ލަމީން ޔަމާލް އެކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އާކުރަން ނިންމައިފިއެވެ.

ބާސެލޯނާގައި އިތުރު ހަ އަހަރު މަޑުކުރަން ޔަމާލް އެއްބަސްވެފައިވާ ކަމަށް މީޑިއާތަކުން އިއްޔެ ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް އާ އެއްބަސްވުމުގައި ސޮއެއް އަދި ނުކުރެއެވެ. ޔަމާލް މިހާރު ހުރީ ބާސާއާއެކު ތިން އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ. އެކަމަކު އާ ސީޒަން ފެށުމުގެ ކުރިން އޭނާގެ ކޮންޓްކްޓް އާކޮށް ހަ އަހަރު ދުވަހުގެ މުއްދަތަށް އިތުރު ކުރުމަށް ސޮއި ކުރާނެ ކަމަށް ބެލެވެއެވެ.

އުމުރުން 17 އަހަރުގެ ބާސެލޯނާގެ ލަމީން ޔަމާލް.

ޔަމާލް މިހާރު ހަދާފައިވާ ކޮންޓްރެކްޓަކީ އޭނާގެ އުމުރުން 16 އަހަރުގައި ހެދިި ކޮންޓްރެކްޓެކެވެ. އެ ކޮންޓްރެކްޓް ހަމަވާނީ 2026 ގައެވެ. 

ޔަމާލްގެ ކޮންޓްރެކްޓް އާކުރުމާމެދު ބާސެލޯނާއާ އެކު އެއްބަސްވުމަކަށް އާދެވިފައިވާއިރު، އޭނާ ހޯދުމަށް ޕީއެސްޖީން ރެކޯޑް އަގެއް ހުށަހަޅާނެ ކަމަށް އޮތީ ބެލެވިފައެވެ.  

ކިޔުންތެރިންގެ ހިޔާލު