ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް މިފްކޯއިން ވަޒީފާ ދެނީ

05 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

މިފްކޯއާއެކު ފަހުމުނާމާގައި ސޮއިކުރުން

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކުރުމުގެ ގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން ވަޒީފާގެ ފުރުސަތުތައް ފަހިކުރުމާ ގުޅޭ ފަހުމުނާމާއެއްގައި މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕްމެންޓާއި އެ ކުންފުންޏާއެކު ސޮއިކޮށްފިއެވެ. 

އެ މިނިސްޓްރީން ބުނި ގޮތުގައި މިފްކޯއާއެކު ހެދި އެއްބަސްވުމުގެ ދަަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ތެރެއިން މަސައްކަތްކުރަން ބޭނުންވާ މީހުންނަަށް މިފްކޯއިން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭނެއެވެ. 

އަދި އެ އެއްބަސްވުމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހަމަޖައްސައިދޭއިރު އެ މީހުން މަސައްކަތްކުރާ ތަންތަނަކީ އެމީހުންނަށް މަސައްކަތްކުރުމަށް އެކަށީގެންވާ ތަންތަންކަން ކަށަވަރުކުރެވޭނެ ކަމުގައި މިނިސްޓްރީން ބުނެފައިވެއެވެ. 

މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމުގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުން އެހެން މީހުންގެ މައްޗަށް ދިރިއުޅުމުގައި ބަރޯސާވާ މިންވަރު ކުޑަަކޮށް، އަމިއްލަ މަސައްކަތުން އަބުރުވެރިކަމާއެކު ދިރިއުޅޭ ބަޔަކަށް ހެދުމަށް މަގުފަހިކުރުމެވެ. 

"އުފާވެރި، ފުދުންތެރި މުޖުތަމައެއް ބިނާކުރުމަށް ގުޅިގެން ކުރެވޭ މިފަދަ މަސައްކަތުގެ ތެރެއިން މިފަރާތްތަކުގެ ފުދުންތެރިކަން އިތުރުކުރެވި، އަމިއްލަ މަސައްކަތުން ދިރިއުޅުން އާރާސްތުކުރުމުގެ މަގު ފަހިވެގެންދާނެއެވެ. އަދި މިއީ ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވެސް ވަރަށް ބޮޑަށް ބާރުލިބިގެންދާނެ ކަމެކެވެ،" މިނިސްޓްރީން ބުންޏެވެ. 

މިނިސްޓްރީން އަންނަނީ ކެއާ ސޮސައިޓީއާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާއަށް ނުކުންނަން ބޭނުންވާ ހުނަރުތައް ފޯރުކޮށްދިނުމަށް "ޖެބް ރެޑިނަސް" ނަމުގައި ހާއްސަ ޕްރޮގުރާމެއް ހިންގަމުންނެވެ. ނިމުނު އަހަރު މި ޕްރޮގުރާމުގެ ފުރަތަމަ ބުރު ކުރިއަށްގެންދިޔައެވެ. ދެވަނަ ބުރު މި އަހަރު ތެރޭ ކުރިއަށްގެންދަން ފަށާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު