ENGLISH

20 ޖޫން 2026

Advertisement

ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް "އެންމެން މޫދަށް" ނަމުގައި ހާއްސަ ހަރަކާތެއް

20 ޖޫން 2026

|

އައިމިނަތު ޝަފާ

"އެންމެން މޫދަށް" މި ނަމުގައި ކުރިއަށްގެންދާ ހަރަކާތް. ފޮޓޯ؛މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން "އެންމެން މޫދަށް" މި ނަމުގައި ހާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ "އެންމެން މޫދަށް" މި ހަރަކާތް ކުރިއަށްގެންދިޔައީ ރާއްޖޭގެ ހުރިހާ ރަށަކުން އެންމެން އެއްގަޑިއެއްގައި މޫދަށް އެރި އެކި ކަހަލަ މޫދުކުޅިވަރުތައް ކުޅޭގޮތަށްކަމަށެވެ. 

މިރާއްޖެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގެ ތެރެއިން، މުޅި ރާއްޖެ އެކުގައި އެއް ރޫހެއްގައި ޝާމިލުވެ، ބާއްވާ އެންމެ މުހިންމު ހަރަކާތް "އެންމެން މޫދަށް" މި ހަރަކާތް ފަށާފައި ވަނީ ކަނޑުތަކުގެ ދުވަސް ފަހަގަ ކުރުމަށް މިއަދު ހުޅުމާލޭގައި ބޭއްވި މޫދު ފެސްޓުގެ ތެރެއިންނެވެ. މި ހަރަކާތުގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި އެޗްޑިސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރ.ޓ.ޑ) އަލީ ޒުހަރުވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ވުޒާރާގެ އިސްވެރިންނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ހަރަކާތަކީ، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ގިނަ ރައްޔިތުން ގުޅިގެން، ރާއްޖޭގެ ކަނޑުފަޅުތަކުގެ މުހިންމުކަން ފާހަގަ ކުރުމަށް ހިންގާ ހަރަކާތެއްކަމަށް ވުޒާރާއިން ބުންޏެވެ.

މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް އޯޝަން ފެސްޓިވަލް ގެ ނަމުގައި ވެސް ހާއްސަ ހަރަކާތެއް މިއަދު ވަނީ ފަށާފައެވެ. މި ހަރަކާތް މިހާރު ފަށާފައިވާއިރު މިއަދު ހަވީރު 17:30 އަށް ހަރަކާތުގެ ކަންކަން ކުރިއަށް ގެންދާނެއެެވެ.

ވުޒާރާއިން ބުނީ ވޭތުވެދިޔަ ދެ އަހަރެކޭ އެއް ފަދައިން މިއަހަރުގެ ފެސްޓިވަލްވެސް ކުރިއަށްދާނީ ކުޑަކުދިންނަށް ތަފާތު މޫދު ކުޅިވަރުތަކާއެކުގައިކަމަށެވެ. މިދިޔަ އަހަރުގެ ކަނޑުތަކުގެ ދުވަހުގެ ހަރަކާތްތަކަށްވެސް އާންމުންގެ ބޮޑުތަރުހީބެއް ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު