ENGLISH
03 އޯގަސްޓު 2025
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އަސްބާހު
03 އޯގަސްޓު 2025
|
އެޗްޑީސީގެ ޑީއެމްޑީ އަސްބާހު (ކ) އަދި އެމްޑީ ޒުހައިރު.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ކުރީގެ ޑީއެމްޑީ މުހައްމަދު އަސްބާހު އަލީ ނަސީރު އައްޔަންކޮށްފި އެވެ.
އެޗުޑީސީގެ ޑީއެމްޑީގެ މަގާމަށް އަސްބާހު އައްޔަންކޮށްފައި ވަނީ އެ މަގާމުގައި ހުންނެވި ފަޔާޒު މަންސޫރު މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވަނީ އާރްޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަލީ ޒުހައިރު މިދިޔަ ހަފުތާގައި އައްޔަންކޮށްފަ އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މަޢުރޫފް ޖަމީލް އިސްތިއުފާ ދެއްވުމުންނެވެ. މައުރޫފް ކުރިން ވެސް ނިންމަވާފައި ވަނީ މި މަހު 18 ވަނަ ދުވަހު ރިޓަޔާކުރައްވާ ގޮތަށެވެ.