ENGLISH
03 އޯގަސްޓު 2025
އެއާޕޯޓަށްދާ އިރު ރައްކާތެރިކަމުގެ މިންގަނޑުތަކަށް އަމަލުކުރުން މުހިންމު: އެމްއޭސީއެލް
03 އޯގަސްޓު 2025
|
އެއާޕޯޓަށްދާ އިރު ރައްކާތެރިކަމުގެ މިންގަނޑުތަކަށް އަމަލުކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.
އެމްްއޭސީއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެއާޕޯޓުގައި ދުއްވާ އުޅަނދުތަކުން އެކުންފުނިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ އުސޫލުތަކަށާއި ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ޢަމަލުކުރުން މުހިންމުކަމަށެވެ.
މީގެއިތުރުން، އުޅަނދުތަކުގައި ފަސިންޖަރުންނަށް ކަނޑައަޅާފައިވާ މިންގަނޑަށްވުރެ އިތުރަށް މީހުން ނުއުފުލުމަށާއި، އެއާޕޯޓް ސެކިއުރިޓީގައި މަސައްކަތްކުރާ އޮފިސަރުންގެ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށްވެސް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްއޭސިއެލްއިން އިތުރަށް ވިދާޅުވެފައި ވަނީ، ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ޑިއުޓީގައި ތިއްބަވާ މުވައްޒަފުންގެ އިރުޝާދުތަކަށް ތަބާވުމަކީވެސް އެއާޕޯޓް ބޭނުންކުރާ ހުރިހާ ފަރާތްތަކެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމެއްކަމަށެވެ.