ENGLISH

03 އޯގަސްޓު 2025

Advertisement

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔަކަށް ސާޖިދު އައްޔަންކޮށްފި

03 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

އެފްއައިޔޫގެ ވެރިޔާގެ މަގާމަށް އައްޔަންކުރި އިސްމާއީލް ސާޖިދު

މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔަކަަށް ހުންނެވި އަބްދުﷲ އަޝްރަަފު އެ އިދާރާގެ އެހެން ޔުނިޓެއްގެ ވެރިއެއްގެ މަގާމަށް އައްޔަންކޮށް އެ ޔުނިޓުގެ ވެރިޔާގެ މަގާމަށް އިސްމާއީލް ސާޖިދު އައްޔަންކޮށްފިއެވެ. 

އަޝްރަފު އައްޔަންކޮށްފައިވަީ ރިސްކް އެންޑް ކޮމްޕްލަޔަންސް ޑިޕާޓުމެންޓުގެ ވެރިޔާގެ މަގާމަށެވެ. އޭނާގެ މަގާމު ބަދަލުކުރީ އެ އިދާރާގެ ހިންގުން ހަރުދަނާކުރުމަށް އޮނިގަނޑަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިންކަމަަށް އެމްއެމްއޭއިން  ބުނެފައިވެއެވެ. 

މާދަމާއިން ފެށިގެން އެފްއައިޔޫގެ ވެރިޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވާ ސާޖިދަކީ މި އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމުގައި ހުންނެވި މާލީ ދާއިރާގައި މަތީ ފަންތީގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރެކެވެ.  

އެފައައިޔޫއަކީ މަނީ ލޯންޑަރިން އަދި ޓެރަަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، މާލީ މުއާމަލާތްތަކަށް ފާރަވެރިވުމުގެ ބޭނުމުގައި އެމްއެމްއޭގައި ގާއިމުކޮށްފައިވާ ޔުނިޓެކެވެ. 

ކިޔުންތެރިންގެ ހިޔާލު