ENGLISH

21 އޮކްޓޯބަރު 2025

Advertisement

ތަޒްކިޔާ އަށް ފެތުމުގެ އިތުރު ޤައުމީ ރެކޯޑެއް

31 ޖުލައި 2025

|

މުޙައްމަދު އަދުހަމް

ތަޒްކިޔާ، މީގެކުރީން ބޭއްވި މުބާރާތެއްގެ ތެރެއިން. --ފޮޓޯ: މިހާރު

ރާއްޖޭގެ ސްވިމިންގ ޓީމުގައި ހިމެނޭ އަމްނާ ތަޒްކިޔާ މިރުޞާދު ފެތުމުގެ އިތުރު ޤައުމީ ރެކޯޑެއް އާކޮށްފިއެވެ.

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ތަޒްކިޔާ ވަނީ އަންހެނުންގެ ލޯންގކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުން ޤައުމީ ރެކޯޑެއް އާކޮށްފައެވެ.

ތަޒްކިޔާ މި ރެކޯޑް އާކޮށްފައިވަނީ، 01:04.04 އިން ރޭސް ނިންމައިގެންނެވެ.

ކުރިން މި ރެކޯޑް އޮންނަނީ، ޢާއިޝަތު ޢުލްޔާ ޝާއިޤް އަތުގައެވެ. އެއީ، ދަ ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާ ވެސްޓްކޯސްޓް ސްވިމިންގ ކްލަބް (ޔޫޑަބްލިއުއެސްސީ) ކްލަބް ނައިޓް ނަންބަރު 5 ގައި 01:04.32 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މީގެކުރީން، ސިންގަޕޫރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ތަޒްކިޔާ ވަނީ، އަންހެނުންގެ 100 މީޓަރު ބެކްސްޓްރޯކް އިވެންޓުން ވެސް ޤައުމީ ރެކޯޑެއް އާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު