ENGLISH

26 ނޮވެމްބަރު 2024

މިލައުތުރު ހޭންޑްބޯޅަ މުބާރާތް މިރޭ ކޮމަންޑޫގައި ފަށަނީ، ހަވާއެރުވުން އޮންނާނެ

01 ނޮވެމްބަރު 2024

|

ޝަރާ އަބްދުﷲ

މިލައުތުރު ސްޕޯސްޓް ފިއެސްޓާ 2022

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ "މިލައުތުރު ހޭންޑް ބޯޅަ މުބާރާތް" ކުލަގަދަ ރަސްމިއްޔާތަކާއެކު މިރޭ އެ އަތޮޅު ކޮމަންޑޫގައި ފަށަން ތައްޔާރުވެއްޖެއެވެ.

މި މުބާރާތުގައި ޖުމްލަ 12 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މުބާރާތް ރާވާލާފައި ވަނީ ބައިވެރިވި ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެން ދެ ގްރޫޕްގެ މެޗުތައް ދެ ރަށެއްގައި ކުޅޭ ގޮތަށެވެ. މިގޮތުން ގްރޫޕް އޭގެ މެޗުތައް ކުޅޭނީ ފޯކައިދޫގައެވެ. ގްރޫޕް އޭގައި ހިމެނޭ ޓީމްތަކަކީ ކަނޑިތީމް، ގޮއިދޫ، ނޫމަރާ، ބިލެއްފަހި، ފޯކައިދޫ، އަދި ފީވަކެވެ.

ގްރޫޕް ބީގެ މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ ކޮމަންޑޫގައެވެ. ގްރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ މިލަންދޫ، ކޮމަންޑޫ، ފުނަދޫ، މާއުނގޫދޫ، ޅައިމަގުގެ އިތުރުން ފޭދޫއެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތު މިރޭ ވަރަށް ކުލަގަދަކޮށް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކޮމަންޑޫގައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަން ހޭންޑް ބޯޅަ އެސޯސިއޭޝަންގެ ރައީސް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، ހަތް މިނެޓަށް ދެމިގެންދާ ހަވާ އެރުވުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

މިއީ ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. ފުރަތަމަ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ފޭދޫއެވެ.

ކިޔުންތެރިންގެ ހިޔާލު