ENGLISH

02 އޯގަސްޓު 2025

Advertisement

މިނިސްޓަރ ތޯރިގު، އެމެރިކާ ސަފީރާ ބައްދަލު ކުރައްވައި ތިމާވެށީގެ ދާއިރާ އިން މަޝްވަރާ ކުރައްވައިފި

01 އޯގަސްޓު 2025

|

ހަސަން އާމިރު

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤު އިބްރާހިމް، ރާއްޖޭގައި ހުންނަވާ އެމެރިކާގެ ސަފީރު މިސްޓަރ ހޫގޯ ޔޯންއާ، ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ އަދި ތިމާވެށީގެ ދާއިރާ އިން އިތުރަށް ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިގޮތުން މި ބައްދަލު ކުރުމުގައި ވަނީ ތިމާވެށީގެ ދާއިރާއިންނާއި، ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމުގެ ދާއިރާއިން ކުރެވިދާނެ އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު މުހިންމު އިތުރު ކަންތައްތަކުގެ ތެރޭގައި ތިމާވެށީގެ އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުން ވަރުގަދަކުރުމާއި، ޚާއްސަކޮށް ސާފު ހަކަތަ އުފެއްދުމަށް ކުރެވޭ އިންވެސްޓްމަންޓްތައް ހިމެނެއެވެ. 

ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ޚާއްސަކޮށް ސޯލާ ހަކަތަ ފަދަ ސާފު ހަކަތައިގެ މަޝްރޫޢުތަކުގައި އިންވެސްޓްކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނެވެ. މި މަޝްވަރާތަކަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ތިމާވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު