ENGLISH

25 ނޮވެމްބަރު 2024

ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ތުޅާދުއަށް

23 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ތުޅާދޫ ޔަންގް އީގަލްސް ފޮޓޯ: ގާފު އޮންލައިން

ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަންގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު 18-16 ގެ ނަތީޖާއަކުން އޮޑި ސްޕޯޓްސް ކުލަބު ބަލިކޮށް ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސް ކުލަބު (ޓީވައިއީއެސްސީ) އިން ޗެންޕިއަންކަން އިއްޔެ ހޯދައިފިއެވެ.

މި މެޗުގައި ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޓީވައިއީއެސްސީ މެޗު ޑޮމިނޭޓްކުރިއެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ފަސް ޕޮއިންޓުގެ ލީޑަކާއެކު 9-4 ގެ ނަތީޖާއަކުން ޓީވައިއީއެސްސީ ކުރީގައި އޮވެގެންނެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި އޮޑިން ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. 

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީވައިއީއެސްސީގެ ކީޕަރު އިބްރާހިމް ނާއިފް އެވެ.

މުބާރާތުގެ ފައިނަލުން އޮޑި ޖާގަ ހޯދީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި 25-14 ނަތީޖާއަކުން ސޯލްޓީޒް ބަލިކުރުމަށް ފަހު އެވެ. އަދި ޓީވައިއީއެސްސީ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި 23-28 ގެ ނަތީޖާއަކުން ބުރު ސްޕޯޓްސް ކުލަބު ބަލިކުރުމަށް ފަހުއެވެ.

މި އަހަރުގެ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 16 ޓީމުން ވާދަކުރިއެވެ. މި ޑިވިޝަނުގެ މެޗުތައް ގެންގޮސްފައި ވަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދި ދެޓީމު ވަނީ ކުއާޓާ ފައިނަލަށް ހޮވިފައެވެ.

ކިޔުންތެރިންގެ ހިޔާލު