ENGLISH
19 ޖުލައި 2025
އަސްކޮއި ގުރޫޕްގެ މައްސަލަ ތަޙުޤީޤު ކުރަން ފަށައިފި
17 ޖުލައި 2025
|
ދިވެހި ފުލުހުންގެ ޚިދުމަތް --
ފައިސާ ނެގުމަށް ފަހު އަސްކޮއި ގުރޫޕުން ބަޔަކު ޢުމްރާއަށް ނުގެންދިޔަ މައްސަލަ ފުލުހުން ތަޙުޤީޤު ކުރަން ފަށައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން އިން ތަޙުޤީޤު ކުރަން ފަށާފައިވާ ކަމަށެވެ.
އެ ގުރޫޕްގެ ފަރާތުން މިފަދަ ކަމެއް އިތުރު ބަޔަކަށް ދިމާވެފައިވާނަމަ އެކަން އެ އިދާރާގެ ނަންބަރު 9790048 އަށް ގުޅާ އެންގުމަށް ނުވަތަ ހާޒިރުވެ މައުލޫމާތު ދިނުމަށް ވަނީ އެދިފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު މިނިސްޓްގެ ސަމާލުކަމަށް ރޭ އިރާކޮޅުގައި ވަނީ އައިސްފައި ކަމަށެވެ.
މި މައްސަލަ ފުލުހަށް ހުށަހަޅައި ޤަވާއިދާ އެއްގޮތައް ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު ރޭ ވިދާޅުވި އެވެ.
ވަރަށް ގިނަ ބަޔަކު ވަނީ އެ މީހުންނަށް އަސްކޮއި ގުރޫޕުން ލަނޑު ދީފައިވާކަން ބުނެ އެކަން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ. އެ މީހުން ބުނީ އެންމެ ފަހު ވަގުތު ޢުމްރާއަށް ނުދެވޭނެ ކަން އަންގާފައިވާ ކަމަށެވެ. އަދި ފަހުން ފޯނަށް ޖަވާބު ނުދީ ނިއްވާލާފައިވާ ކަަމަށެވެ.
ގުރޫޕްގެ ވެރީން ފިލާފައިވާ ކަަމަށް ވެސް ބުންޏެވެ.