ENGLISH
11 ސެޕްޓެމްބަރު 2025
އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައިފި
17 ޖުލައި 2025
|
އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް، ރައިޓް އޮނަރަބަލް ޑޭވިިޑް ލެމީ އެމް.ޕީ، މިއަދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މި ގޮތުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު ދާއިރާތަކުގެ ތެރޭގައި:
މި ދާއިރާތަކުގައި ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
ބައްދަލުވުން ނިންމަވާލެއްވީ، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މިއަދު ބޭއްވުނު ބައްދަލުވުމަކީ ދެ ޤައުމުގެ މެދުގައި އޮތް ދެމެހެއްޓެނިވި ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގުގައި އިތުރު ތަރައްޤީއަށް މަގުފަހިކުރާނެ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.