ENGLISH
17 ޖުލައި 2025
ސިޔާމް އާއި ޒާރާގެ ކައިވެނި ރޫޅާލާ އެކަން ރަސްމީކޮށް އިޢުލާނު ކޮށްފި
15 ޖުލައި 2025
|
ސިޔާމްއާ ޒާރާގެ ކައިވެނި ހަފްލާ
މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދު (ސަން ސިޔާމް) އާއި އައިމިނަތު ޒާރާ (ޒާރާ) ގެ ކައިވެނި ރޫޅާލައިފި އެވެ.
ވަރަށް ގިނަ ބައެއްގެ ނަޒަރު ހުއްޓުނު މިދިޔަ އަހަރުގެ ބޮޑު ކައިވެނި ރޫޅާލާފައިވާ ކަން ސިޔާމްގެ ސިޔާސީ ގާތް އެކުވެރިޔާ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް (ވެލިދޫ އައްބާސް) ވަނީ ޔަޤީން ކޮށް ދެއްވާފަ އެވެ.
އައްބާސް ވިދާޅުވި ގޮތުގައި އަޙްމަދު ސިޔާމް މުޙައްމަދު އާއި ޒާރާގެ ކައިވެންޏަކީ އެކަކު އަނެކުން ދެކެ ލޯބި ވެގެން ކުރި ކައިވެންޏެކެވެ. ހަމަ އެހެންމެ އެ ކައިވެނި ރޫޅާލާފައި ވަނީ ވެސް އެކަކު އަނެކުންގެ މެދުގައި ރިވެތި ގޮތުގައި މަޝްވަރާ ކުރުމަށް ފަހު ސުލްހަވެރިކަމާއެކު ސުލްހަވެރި މާހައުލެއްގައި ކަމަށް ވިދާޅުވި އެވެ.
މިިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ކުރި އެ ކައިވެނި ނިމުމަކަށް އައިސްފައިވާއިރު ސިޔާމްއާ ޒާރާގެ އަގުބޮޑު ކައިވެނި ހަފްލާގެ ވާހަކަ މުޖްތަމަޢުގައި ވަރަށް ބޮޑަށް ދެކެވުނެވެ.