ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ބްރޯޑްކާސްޓިން ކޮމިޝަނާއި ޗައިނާގެ ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޒަން އެޑްމިނިސްޓްރޭޝަންއާ ދެމެދު އެއްބަސްވުމެއް

15 ޖުލައި 2025

|

އަޙުމަދު ޙަމީދު

ބްރޯޑްކާސްޓިން ކޮމިޝަނާއި ޗައިނާގެ ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޒަންއާ ދެމެދު އެއްބަސްވުމެއް ޤާއިމު ކުރުން --

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި ޗައިނާގެ ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޒަން އެޑްމިނިސްޓްރޭޝަންއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ސަފާ ޝަފީގެވެ. ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޜަންގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މިނިސްޓާ ސާއޯ ޝޮމިން އެވެ. މިއީ ބްރޯޑްކާސްޓިން އަދި އޯޑިއޯ-ވިޝުއަލް ދާއިރާގައި އެއްބާރުލުން އިތުރުކުރުމުގެ މަގްސަދުގައި ދެ ގައުމުގެ ދެމެދުގައި ކޮށްފައިވާ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން ބްރޯޑްކާސްޓިން އަދި އޯޑިއޯ-ވިޝުއަލް ދާއިރާގައި ހިންގުމާއި ރެގިއުލޭޓަރީ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމާއި ދެ ގައުމުގެ ތާރީހާއި ސަގާފީ ވަސީލަތްތައް ދިރާސާކުރުމާއި ޓީވީ ސީރީޒް އަދި އެނިމޭޝަން އާއި ޑޮކިއުމެންޓަރީ ފަދަ އެކި ބާވަތުގެ އޯޑިއޯ-ވިޝުއަލް ޕްރޮގްރާމްތައް އުފެއްދުމުގައި ޓީވީ ސްޓޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބާރުލުން ދިނުން ހިމެނޭ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.

އަދި އޯޑިއޯ-ވިޝުއަލް އާއި މީޑިއާ ސްޓޭޝަންތަކަށް ދާއިރާއިން އެހީތެރިވެދީ، ބްރޯޑްކާސްޓިން އަދި އޮންލައިން އޯޑިއޯ-ވިޝުއަލް ޓެކްނޮލޮޖީ އާއި ބްރޯޑްކާސްޓިން ސިނާއަތަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޗައިނާގެ ޝާންޒީ ޕްރޮވިންސްގެ ޒިއާންގައި މިހާރު ކުރިއަށްދާ "ޓެލެވިޒަން ފެސްޓިވަލް" ގެ ހަވާސާގަ އެވެ. މި މަހުގެ 15 އިން 17 އަށް ކުރިއަށްދާ މި ފެސްޓިވަލް ގައި ސަފާގެ އިތުރުން ކޮމިޝަނަރު އައިމިނަތު ނުޒުހާ ވެސް ބައިވެރިވެ އެވެ.

މި ފެސްޓިވަލަކީ ބްރޯޑްކާސްޓިން ޓެލެވިޒަން އަދި އޮންލައިން އޯޑިއޯ ވިޒުއަލް ދާއިރާތަކުގައި ސިޔާސަތުތައް ވިލަރެސް ކުރުމާއި، މައުލޫމާތު ބަދަލުކުރުމާއި އަދި ސިނާއީ-ޓެކްނޮލޮޖީގެ އެއްބާރުލުން އިތުރުކުރުމާއި އެސްސީއޯގެ ކުރިމަގު ހިއްސާކުރާ ގާތް މުޖުތަމައެއް އުފެއްދުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ފެސްޓިވަލެކެވެ.

ކިޔުންތެރިންގެ ހިޔާލު